ހުޅުމާލޭގެ އައު އިންޖީންގޭގެ އިންޖީނުތައް ޓެސްޓް ކުރަންފަށައިފި. ބައެއް ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެ

ހުޅުމާލޭގެ އައު އިންޖީންގޭގެ އިންޖީނުތައް ޓެސްޓް ކުރަންފަށާފައިވާތީ، ބައެއް ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގައި އަލަށް ޤާއިމްކުރަމުންދާ ފިފްތު ޕަވަރ ޕްރޮޖެކްޓްގެ ދަށުން ޖަނަރޭޓަރުތައް ކޮމިޝަންކުރުމާއި ރިލެއެބިލިޓީ ޓެސްްޓްތައް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެެންވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންނަމަވެސް ޓެސްޓްތައް ކުރަމުންގެންދާ އިރު، ޚިދުމަތް މެދުނުކެނޑޭނެ ގޮތަށް މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ބުންޏެވެ.

”ޕްރޮޖެކްޓް ނިމުމުން ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ“ ސްޓެލްކޯ އިން ބުންޏެވެ.

ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢަކީ ފަންސާސް މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ މަޝްރޫޢެކެވެ.  79 މިލިއަން ޑޮލަރުގެ ބޮޑު މި މަޝްރޫޢު ފުރިހަމަވުމުން މާލެ، ހުޅުލެ، އަދި ހުޅުމާލެ ސަރަހައްދަށް މި ޕަވަރ ޕްލާންޓުން ކަރަންޓް ފޯރުކޮށްދެވޭނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.