ކައިވެނި ކުރުން ރަނގަޅު ދުވަސްތަކެއް، ނުވަތަ ގޯސް ދުވަސްތަކެއްވޭތޯ؟

ކައިވެނި ކުރުން ރަނގަޅު ވަކި ޚާއްޞަ ދުވަހެއް ނެތެވެ. އަދި ކައިވެނި ކުރުން ރަނގަޅު ނޫން ދުވަހެއްވެސް ނެތެވެ. ހަމަ ކޮންމެ ދުވަހެއްގައިވެސް ކައިވެނި ކުރެވިދާނެއެވެ. ވަކި ދުވަހެއްގައި ނުވަތަ ވަކި މަހެއްގައި ކައިވެނި ކުރުމަކީ ކައިވެނި ބާއްޖަވެރިވާ ސަބަބެއް ނޫނެވެ. އަދި ވަކި ދުވަހެއްގައި ވަކި މަހެއްގައި ކައިވެނި ކުރުމަކީ އެއީ ކައިވެނި އަބާއްޖަވެރިވާ ސަބަބެއްވެސް ނޫނެވެ.

ދުވަހާއި ތާރީޚަކީ ކަންކަން ބާއްޖަވެރި ކުރުމާއި އަބާއްޖަވެރި ކުރުމުގެ ބާރު ލިބިގެންވާ ފަރާތެއް ނޫނެވެ. އެފަދަ ހީކުރުންތައް ހީކުރުމަކީ އެއީ ޖާހިލިއްޔަތުގެ ބޯދާ ޚުރާފާތްތަކުގެ ތެރެއިން ވާ ކަމެކެވެ. އަދި ކަންކަން ރަނގަޅުކުރުމާއި ގޯސްކުރުމުގެ ބާރު ދުވަސްތަކަށް ލިބިގެންވާކަމަށް ޤަބޫލުކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އެއީ ﷲ އަށް ލިބިގެންވާ ބާރެއް އެހެން ފަރާތަކަށް ލިބިގެންވާކަމަށް ޤަބޫލުކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިފަދަ ކަންކަން އެގޮތަށް ޤަބޫލުކޮށް، ކަންކަން ކުރުމަށް ވަޤުތު ބަލާ ހެދުމަށް ކިޔަނީ އިރުވަރު ބެލުމެވެ. އިރުވަރު ބެލުމަކީ ބިދުޢައެކެވެ. އެއީ ސުންނަތުން ޘާބިތުވާކަމެއް ނޫނެވެ. ދުނިޔަވީ ކަމެއް ކުރުމަށް ވަކި މައްސަރެއް ނުވަތަ ވަކި ދުވަހެއް މާތްވެފައި ނުވަތަ ނާމާންވާނެކަމުގައި އައިސްފައިނުވެއެވެ. މިސާލަކަށް ގެއެއްގެ ބިންގާ އެޅުމާއި، ގެއަކަށް ދިރިއުޅުން ބަދަލުކުރުމާއި، ކައިވެނިކުރުމާއި، ވިޔަފާރި ފެށުމާއި، އޮޑިދޯނިފަހަރު ބެހެއްޓުމާއި، އޮޑިދޯނިފަހަރު ބޭލުމުގައިވެސް އިރުވަރު ބެލުމަކީ ހުއްދަކަމެއް ނޫނެވެ.

އެއީ ޖާހިލިއްޔަތުގެކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަން ނަހީ ކުރައްވާފައެވެ. މައްކާގެ މުޝްރިކުން ޤަބޫލުކުރިގޮތުގައި ޝައްވާލު މަހަކީ ސުންޕާ މަހެކެވެ. ޝައްވާލު މަހު ކުރާ ކައިވެނި ރޫޅޭކަމުގައިވެސް އެމީހުން ދެކެއެވެ. އެކަން ނަފީކުރެއްވުމަށްޓަކައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޢާއިޝަތުގެފާނާ ކައިވެނި ބައްލަވައިގެންނެވީ ޝައްވާލު މަހުގައެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގެއަށް ޢާއިޝަތުގެފާނު ގެންދެވީވެސް ޝައްވާލު މަހުގައެވެ. (رواه مسلم في صحيحه (2/1039))
ވަޤުތަކީ އޭގަ ގެއްލުމާއި ފައިދާގެ ބާރު އެކުލެވިފައިވާ އެއްޗެއް ނޫނެވެ. ކޮންމެ ދުވަހަކީވެސް ކައިވެނި ކުރުމަށް އެންމެ ރަނގަޅު ދުވަހެކެވެ.

އައްޝައިޚް މުޙައްމަދު ޝާފިޢު
އަރަބި ލިޔުން ބެއްލެވުމަށް މި ލިޔުމަށް ފިތާލާ 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.