
އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓް ބަލައިލުމަށް ދިރާގު ޕެކޭޖު ޚިޔާރުކުރައްވާ!
ރާއްޖޭގައި މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ އެންމެފަހުގެ އަޕްޑޭޓްތައް ބަލައިލުމަށް ދިރާގުން ޚާއްޞަ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.
އިންތިޚާބު ޕެކްގެ ނަމުގައި ތަޢާރަފުކުރި ޑޭޓާ ޕެކްގައި 10 ޖީބީ ހިމެނޭ އިރު، އަގަކީ 225 ރުފިޔާއެވެ. މި ޕެކޭޖު ދިރާގު މޮބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށާއި ’ދިރާގު އައު ޕްރީޕެއިޑް‘ ގެންގުޅޭ ކަސްޓަމަރުންނަށްވެސް ފަސޭހަކަމާއި އެކު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ހޯދޭނެއެވެ.
މި ޕެކޭޖު ’ADD E10GB‘ ޖައްސަވާފައި 343 އަށް އެސްއެމްއެސް ކުރުމުން ލިބޭނެއެވެ. އަދި މި ޕެކޭޖު އެކްޓިވޭޓް ކުރެވޭނީ މި ސެޕްޓެމްބަރު މަހުގެ 24 ގެ ނިޔަލަށެވެ.
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އަދި ކުރަމުންދާނީވެސް ކަސްޓަމަރުންގެ ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމާއެކު އެންމެ ހެޔޮ އަގުގައި ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.



