
އެފްއޭއެމްގެ އާ އިންތިޚާބު އަންނަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު އަންނަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ބާއްވާގޮތަށް އެ އެސޯސިއޭޝަންއިން ހަމަޖައްސައިފިއެވެ.
އެގޮތުން އެފްއޭއެމް އިން ވަނީ ރަސްމީކޮށް އެކަން އިއުލާން ކޮށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތި ހުޅުވާލާފައެވެ.
އަންނަ ނޮވެންބަރ މަހުގެ 20 ގައި ބާއްވާ އެފްއޭއެމްގެ އިންތިޚާބުގައި އެއެސޯސިއޭޝަންގެ ރައީސް އާއި ދެނައިބު ރައީސްއާއި އަދި މީގެ އިތުރުން އެކްސްކޯގެ ހަމެންބަރުން ހޮވާނެއެވެ.
އެފްއޭއެމްގެ އިންތިޚާބު ބާއްވަން ނިންމާފައި މިވަނީ އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފާ ދެއްވާ އެފްއޭއެމްގެ ރައީސަކަށް ހުންނެވި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ޠާރިޤުގެ މަގާމު ގެއްލުމާ ގުޅިގެންނެވެ.
ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ޠާރިޤު އެފްއޭއެމްގެ ރައީސަކަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ މިއަހަރުގެ ޖޫންމަހު އެވެ.
އަންނަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު އެފްއޭއެމްގެ ރައީސް އަދި ދެ ނައިބުރައީސް ގެ އިތުރުން އެކްސްކޯގެ 6 މެންބަރުން ހޮވުމަށް ބޭއްވޭ އިންތިޚާބުގައި ވިލުފުށީ ދާއިރާގެ މެންބަރު އަދި ފީފާގެ ކުރީގެ ރެފްރީ ރިޔާޒް ރަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވަނީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.



