ހޫނު ގަދަ ހިސާބުގައި ދިރުއުޅޭ މީހުންގެ ރޯދަ

ބޮޑެތި ސަހަރާ ސަރަޙައްދު ތަކުގައި ދިރިއުޅޭ މީހުންނަށް ރަމަޟާން މަސް ކުރިމަތި ވަނީ ހޫނު މޫސުމާއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް ރޯދަ ހިފަން ވަރަށް ދަތިވެއެވެ. ބައެއް ފަހަރަށް ރޯދަ ހިފުމަކީ މުސްތަޙީލު ކަމަކަށްވެއެވެ. މިގޮތަށް އެތައް އަހަރަކު ވިދިވިދިގެން މިބައިމީހުންނަށް ދިމާވެދެއެވެ. މިބައި މީހުން ރޯދަ ހިފާނީ ކިހިނަކުންތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރަމަޟާން މަހާއި ބައްދަލުވެއްޖެ ބާލިޣްވެފައިވާ ބުއްދި ހަމަޖެހޭ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ވެގެން ވަނީ އެމައްސަރުގައި ރޯދަ ހިފުމެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَمَن شَهِدَ مِنكُمُ الشَّهْرَ‌ فَلْيَصُمْهُ) މާނައަކީ: “ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!“

އެހެންކަމުން، ކިތަންމެ ހޫނު ގަދަ ނަމަވެސް ރޯދަ ހިފަން ޖެހޭނެއެވެ. ސަބަބަކީ ރަމަޟާން މަހު ރޯދަ ހިފުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ރޯދަ އަށް ހުއްޓާ ފެންބޮވައިގަނެގެންގޮސް، ފެން ނުބޮއިފިނަމަ، ގެއްލުމެއް ވެދާނެ ކަމަށް ބިރު ހީވެއްޖެ މީހާ ރޯދަ ދޫކޮށްލުން ހުއްދަ އެވެ. އަދި އެދުވަހެއްގެ ރޯދަ އެހެން ދުވަހަކުން ގަޟާ ކުރާނީއެވެ. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.