
ކަހަފް ސޫރަތް (2) الشيخ زمزم فارس 20 އެޕްރީލް 2017 އާ ގުޅޭ
وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ۚ قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَـٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا ﴿١٩﴾
އަދި އެފަދައިން (ތިމަންރަސްލާނގެ އިރާދަފުޅުން އެބައިމީހުންނަށް ނިދި ޖެއްސެވި ފަދައިން) ތިމަންރަސްކަލާނގެ އެއުރެން (ނިދިން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެންގެ މެދުގައި އެކަކު އަނެކަކާ ސުވާލުކުރުމަށެވެ. އެއުރެންކުރެ ބުނިމީހަކު ބުންޏެވެ: “ތިޔަބައިމީހުން (މިތާނގައި) ތިބީ ، ކިތައްދުވަހުހެއްޔެވެ؟” ޖަވާބުގައި އެއުރެން ބުންޏެއެވެ:
“ތިމަންމެންތިބީ ، އެއްދުވަހުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ”. އެމީހުން ބުންޏެއެވެ: “ތިޔަބައިމީހުން ތިބި މުއްދަތެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ، ތިޔަބައިމީހުންގެ ރައްބު އެވެ. ފަހެ ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމހުންގެ ތެރެއިން އެކަކު ރަށުތެރެއަށް ފޮނުވައިބަލާށެވެ! އަދި އެންމެ ތާޒާ ، އަދި އެންމެ ޙަލާލް ކާނާއެއް އެމީހަކު ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ! އަދި އެމީހަކު ރައްކާތެރިކަމާއެކު ، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ ޚަބަރު އެނގުނަނުދޭ ހުށިކަމެވެ.
إِنَّهُمْ إِن يَظْهَرُوا عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِي مِلَّتِهِمْ وَلَن تُفْلِحُوا إِذًا أَبَدًا ﴿٢٠﴾
ހަމަކަށަވަރުން ، އެއުރެންނަށް ތިޔަބައިމީހުންގެ ޚަބަރު އެނގިއްޖެނަމަ ، (ގަލުން ތަޅައި) ތިޔަބައިމީހުން ރަޖަމުކުރާނެއެވެ. ނުވަތަ އެއުރެންގެ ދީނަށް ތިޔަބައިމީހުން އަނބުރައި ވައްދާނެއެވެ. އޭރުން ، ތިޔަބައިމީހުން ދުވަހަކުވެސް ކާމިޔާބެއް ނުވާނެއެވެ.
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّـهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾
އަދި ތިމަންރަސްކަލާނގެ ، އެއުރެން ހޮހޮޅައިން ނެރެ ، ދެންތިބީންނަށް އެފަދައިން ދެއްކެވީމެވެ. އެއީ اللّه ގެ ވަޢްދުފުޅަކީ ، ޙައްޤު ތެދުކަމާއި، ޤިޔާމަތް ދުވަހާމެދު ޝައްކެއް ނެތްކަން އެއުރެން ދެނެގަތުމަށެވެ. އެހިނދު ، އެ ޒުވާނުންގެ ކަންތަކާމެދު އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކުރެތެވެ. ފަހެ، އެއްބަޔަކު ބުންޏެއެވެ: “އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ! އެ ޒުވާނުންގެ ކަންތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެއުރެންގެ ރައްބެވެ. އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތް މީހުން ބުންޏެވެ: “ހަމަކަށަވަރުން ، ތިމަންމެން އެ ޒުވާނުން ތިބިތާނގައި ، މިސްކިތެއް ބިނާކުރާނީއެވެ” [1].
سَيَقُولُونَ ثَلَاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًا بِالْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَاءً ظَاهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا ﴿٢٢﴾
އެއުރެން ބުނާނެތެވެ: “އެއީ ތިންމީހުންނެވެ. އެއުރެންކުރެ ހަތަރުވަނައަކީ އެއުރެންގެ ކުއްތާއެވެ”. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ: “އެއީ ފަސްމީހުންނެވެ. އެއުރެންގެ ހަވަނައަކީ އެއުރެންގެ ކުއްތާއެވެ”. އެބައިމީހުން އެކަމުގައި ޔަޤީން ޢިލްމެއް ނެތި ހީއަކަށް ، ވާހަކަ ދައްކަނީއެވެ. އަދި އެއުރެން (ކުރެ ބަޔަކު) ބުނާނެތެވެ: “އެއީ ހަތްމީހުންނެވެ. އަދި އެއުރެންގެ އަށްވަނައަކީ އެއުރެންގެ ކުއްތާއެވެ”.
ކަލޭގެފާނު ވިދާޅުވާށެވެ! “އެއުރެންގެ ޢަދަދު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ، ތިމަންގެ ރައްބެވެ. މަދުބަޔަކަށް މެނުވީ އެއުރެންގެ ޢަދަދެއް ނޭނގެތެވެ”. ފަހެ ، ފާޅުވެގެންވާ ދަލީލާއި ބުރުހާނާ އެކީގައި މެނުވީ ، އެއުރެންނާ ދޭތެރޭގައި ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! އަދި އެއުރެންނާ ދޭތެރޭގައި އެމީހުން ކުރެ އެއްވެސް މީހަކާ ކަލޭގެފާނު ސުވާލު ނުކުރައްވާށެވެ.
[1] – ނޯޓް: މަރުވެފައި ތިވާ މީހުންގެ ގަބުރުގެ މަތީގައި މިސްކިތް ބިނާ ކުރުމަކީ ޝިރުކަށް ވާސިލުވާ މަގެކެވެ. އެހެންކަމުން އެކަމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ބޮޑު މުންކަރާތެކެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ: “لَعَنَ اللهُ الْيَهُوْدَ وَالنَّصَارَى ، اتَّـخَـذُوا قُبُوْرَ أَنْبِيَائِهِمْ مَسَاجِدَ“ (البخاري ومسلم). މާނައީ: “ޔަހޫދީންނާއި ނަޞޯރާއިންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. އެބައިމީހުން އެބައިމީހުންގެ ނަބީންގެ ގަބުރުފުޅުތައް މިސްކިތްތައް ކަމުގައި ހެދިއެވެ”. (ބުޚާރީ ، މުސްލިމް)وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾
އަދި އެއްވެސްކަމަކާ ދޭތެރޭގައި ، “ހަމަކަށަވަރުން ، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ” ، ކަލޭގެފާނު ވިދާޅުނުވާހުށިކަމެވެ!
إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤﴾
“… اللّه އިރާދަކުރެއްވިއްޔާއޭ…” ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި ، ކަލޭގެފާނުގެ ރައްބުގެ މަތިން ހަނދުމަފުޅު ކުރައްވާށެވެ! އަދި ވިދާޅުވާށެވެ: “އަޅުގެ ރައްބު! މިއަށްވުރެ ތެދުމަގާ ކައިރި މަގަކުން މިއަޅާއަށް މަގުދައްކަވައިފާށިއެވެ”.
وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾
އެއުރެންގެ ހޮހަޅައިގައި ، އެއުރެން ތިންސަތޭކަ އަހަރު ނިދާފައި ތިއްބެވެ. އަދި އިތުރު ނުވަ އަހަރު އެމުއްދަތަށް އެމީހުން އިތުރުކުރިއެވެ.
قُلِ اللَّـهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ۖ أَبْصِرْ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا ﴿٢٦﴾
ކަލޭގެފާނު ވިދާޅުވާށެވެ! “އެއުރެން ތިބި މުއްދަތެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ، اللّه އެވެ. އުޑުތަކާއި ، ބިމުގެ ޣައިބު ދެނެވޮޑިގަތުން ވަނީ ، އެކަލާނގެއަށެވެ. އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއި ފުރިހަމަކަމާއެވެ! އެއުރެންނަށް އެކަލާނގެ ފިޔަވައި ވާގިވެރިވާނެ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ޙުކުމްފުޅުގައި އެއްވެސް ފަރާތެއް އެކަލާނގެ ބައިވެރިޔެއް ނުކުރައްވަތެވެ”.
وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٧﴾
ކަލޭގެފާނުގެ ރައްބުގެ ފޮތުން ، ކަލޭގެފާނަށް ވަޙީކުރެއްވުނު ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ ކަލިމަފުޅުތަށް ބަދަލުކުރާނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށް އެދި އެނބުރި ވަޑައިގަންނަވާނެ ފަރާތެއް ، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا ﴿٢٨﴾
އަދި އެއުރެންގެ ރައްބުގެ ވަޖްހުފުޅު އަދައިގެން (އެކަލާނގެ ރުހިވޮޑިގަތުން އެދިގެން) ، ހެނދުނާއި ހަވީރު އެކަލާނގެއަށް ދުޢާކުރާ މީހުންނާއެކު ، ކަލޭގެފާނުގެ ނަފްސުފުޅު ހިފަހައްޓަވައި ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން ، ކަލޭގެފާނުގެ ލޯފުޅު ، އެއުރެން ފަހަނަޅައި ދިޔަނުދެއްވާށެވެ! (އެބަހީ: އެއުރެން ދޫކޮށްނުލައްވާށެވެ). އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން ، އެމީހެއްގެ ހިތް ތިމަންރަސްކަލާނގެ ޣާފިލުކުރައްވައި ، އަދި އެމީހެއްގެ ހަވާ ނަފްސަށް ތަބާވެ އަދި އެމީހެއްގެ ކަންތައްތައް ގެއްލެނިވެގެންވާ މީހަކަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!
وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا ﴿٢٩﴾
އަދި ކަލޭގެފާނު ވިދާޅުވާށެވެ! “ޙައްޤު ވަނީ ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުންނެވެ. ފަހެ ، އީމާންވާން އެދޭ މީހަކު އީމާންވާށެވެ! އަދި ކާފިރުވާން އެދޭ މީހަކު ކާފިރުވާށެވެ![1] ހަމަކަށަވަރުން ، އަނިޔާވެރިންނަށް ، ތިމަންރަސްކަލާނގެ އަލިފާނެއް ތައްޔާރުކުރެއްވީމެވެ. އެ އަލިފާންގަނޑުގެ ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. އެއުރެން ފެނަށް އެދި އާދޭސްކުރުމުން ، އެއުރެންނަށް ދެވޭނީ އެއުރެންގެ މޫނުތައް ފިހި އަންދާލަނިވި ތެޔޮކުނޑި ފަދަ ހޫނުކަންގަދަ ފެނެކެވެ. އެބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެނަރަކައިގެ ނުބައިކަމާއެވެ!
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ﴿٣٠﴾
ހަމަކަށަވަރުން ، އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން (ދަންނައެވެ!) އިޙްސާންތެރިކަމާއެކު ހެޔޮ ޢަމަލު ކުޅަ މީހެއްގެ އަޖުރު، ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ.
أُولَـٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهِمُ الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۚ نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا ﴿٣١﴾
އެއުރެންނަށް ، ދާއިމަށް ދެމިހުންނަނިވި ސުވަރުގެތައް ހުށްޓެވެ. އެއުރެންގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެއެވެ. އެތާނގައި ރަނުގެ އުޅާތަކުން އެއުރެންގައި ގަހަނާ އެޅުއްވޭނެތެވެ. އަދި ފެހިކުލައިގެ سُنْدُس އާއި إسْتَبْرَق (އެބަހީ: ތުނި އަދި ބޯ ފަށުވި) ފޭރާން ލާނެތެވެ. އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެންތިބޭ ޙާލުގައެވެ. އެއުރެންނަށްހުރި ޘަވާބުގެ މޮޅުކަމާއެވެ! އަދި ދެމިތިބެނިވި ތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ!
[1]– ނޯޓް: މިއީ މާތް ﷲ އަށް އިމާންވުމުން އެއްކިބާވާ މީހުންނަށް ތަޙައްދީ (ގޮންޖެއްސެވުމު) ގެ ގޮތުން ވަޙީ ކުރައްވާފައިވާ ބަސްފުޅެކެވެ. އެހެނީ އެކަލާނގެ އަޅުތަކުންނަށް އެދިވޮޑިގެންވަނީ އެންމެހާ މީސްތަކުންވެސް އެކަލާނގެއަށް އީމާންވެ އެކަލާނގެ ރުއްސެވުމުގެ ދަށަށް އައިސް އެކަލާނގެ ކޯފާއަށް ސަލާމަތްވުމެވެ.
وَاضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا ﴿٣٢﴾
އަދި ކަލޭގެފާނު އެއުރެންނަށް ދެފިރިހެނެއްގެ މިޘާލު ޖައްސަވައިދެއްވާށެވެ! އެދެމީހުންކުރެ އެކަކަށް ، މޭބިސްކަދުރުގެ ދެބަގީޗާ ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރު ރުއްތައް ލެއްވީމެވެ. އަދި އެދެމެދުގައި ދަނޑުގޮވާންވެސް ލެއްވީމެވެ.
كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْئًا ۚ وَفَجَّرْنَا خِلَالَهُمَا نَهَرًا ﴿٣٣﴾
އެ ދެ ބަގީޗާގައި ، މޭވާއައިސް އެއިން އެއްވެސް މިންވަރެއް މަދުނުވެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ފެން ކޯރެއް ތިމަންރަސްކަލާނގެ ހިންގެވީމެވެ.
وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا ﴿٣٤﴾
އަދި އޭނާއަށް (އެހެނިހެން) މުދާތައްވެސް ވިއެވެ. ފަހެ، އޭނާ ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން ބުންޏެވެ: “ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި މީހުން ގިނަކަމުގެގޮތުން ޢިއްޒަތްތެރިއެވެ”.
ނުނިމޭ،…………



