ދަތުރުވެރިޔާ ހުކުރު ވަޤުތު ޖެހުމުން ހަދާނީ ކިހިނެތް؟

ސުވާލު: ދަތުރުކޮށްފައިދާމީހަކު ހުކުރުވަގުތު ޖެހުމުން ހަދާނީ ކިހިނަކުންތޯއެވެ؟ މެންދުރުނަމާދާއި ޢަޞްރުނަމާދު ގަޞްރުކޮށް ޖަމްޢު ކުރަންވީތޯއެވެ؟ ނޫންނަމަ ޖަމްޢު ނުކޮށް ކުރަންވީތޯއެވެ؟

ޖަވާބު: ﷲ އަށް ޙަމްދު ހުއްޓެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދަތުރުވެރިޔާގެ މައްޗަށް ހުކުރު ވާޖިބުވެގެންނެއް ނުވެއެވެ. އެހެންކަމުން، އޭނާ މެންދުރު ނަމާދު ގަޞްރުކޮށް ދެރަކްޢަތް ކުރާނީއެވެ. އަދި ބޭނުންވެއްޖެނަމަ، އަޞްރުނަމާދާއި ޖަމްޢުކޮށްލާނީއެވެ. އިސްފަސްވުމަކުން މައްސަލަ އެއް ނެތެވެ. މޮޅުއިތުރުވެގެންވާ ގޮތަކީ ކޮންމެ ނަމާދެއް އެނަމާދެއްގެ ވަގުތުގައި އަދާކުރުން އުނދަގޫކަމަކަށް ނުވަނީނަމަ، ޖަމްޢު ނުކުރުމެވެ.

ފަޟީލަތުއްޝައިޚް އިބްނު ޢުޘައިމީން-ރަޙިމަހުﷲ- ވިދާޅުވިއެވެ.

ދަތުރުވެރިޔާގެ މައްޗަށް ހުކުރު ނަމާދެއް ނުވެއެވެ. އެކަމުގެ ދަލީލަކީ: ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބޮޑުޖަމާޢަތަކާއެކުގައިމެ ދަތުރުކުރައްވަމުން ގެންދަވާ ހިނދުގައިވެސް، އެކަލޭގެފާނުގެ ދަތުރުފުޅުތަކުގެ މަތީގައި ހުކުރުނަމާދު ނުކުރައްވާ ދޫކޮށްލެއްވުމެވެ. އެހެންނަމަވެސް، އެކަލޭގެފާނު ކުރެއްވީ މެންދުރުނަމާދު ގަޞްރުކޮންނެވެ“. (އައްޝަރްޙުލް މުމްތިޢު 5-10).

ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ- ރަޙިމަހުﷲ- އާއި ސުވާލުކުރެވުނެވެ.

ދަތުރުމަތީގައި މޮޅު އިތުރުވެގެންވަނީ ގަޞްރުކުރުންތޯއެވެ؟ ނޫންނަމަ ދެނަމާދު އެކުގައި ޖަމްޢުކޮށްލުންތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ.

ކޮންމެހެން ޖަމްޢު ކުރަން ނުޖެހޭނަމަ، ކޮންމެ ނަމާދެއް އެނަމާދެއްގެ ވަގުތުގައި ގަޞްރުކޮށްކުރުން އައުލާކަންބޮޑެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ދަތުރުފުޅުތަކުގެ މަތީގައި ނަމާދު ކުރެއްވީ އެގޮތަށެވެ. އެކަލޭގެފާނު ދެނަމާދު ޖަމްޢު ކުރައްވާފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ“. (މަޖްމޫޢޫލް ފަތާވާ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ 24-19).

އަދިވެސް އިބްނުތައިމިއްޔާ-ރަޙިމަހުﷲ- ވިދާޅުވިއެވެ.

”މިއިން ދޭހަވަނީ ޖަމްޢުކުރުމަކީ، ގަޞްރު އާއި ތަފާތުކޮށް ދަތުރުގެ ސުންނަތެއް ނޫންކަމެވެ. އަދިކިއެއްތަ، ޖަމްޢުކުރަނީ ޙާޖަތަކަށްޓަކައެވެ. ދަތުރުމަތީގައިކަމުގައިވީނަމަވެސް، ނުވަތަ ވަޒަންވެރިވެ ހުންނަ އިރުގައި ކަމުގައިވީނަމަވެސް އެވެ“. (މަޖްމޫޢޫލް ފަތާވާ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ 24-64).

ފަޟީލަތުއްޝައިޚް ބިންބާޒް-ރަޙިމަހުﷲ- ވިދާޅުވިއެވެ.

”ނަމާދު ގަޞްރުކުރުމުގެ ހުއްދަ ދެއްވާފައިވާ ފަރާތްކަމުގައިވާ ދަތުރުވެރިޔާ ނަމާދު ޖަމްޢު ކުރުމަކުން މައްސަލައެއް ނެތެވެ. އެހެންނަމަވެސް ގަޞްރުކުރުމާއި ޖަމްޢުކުރުމަކީ ގުޅުން ހުރިކަމެއް ނޫނެވެ. ހަމައެކަނި ގަޞްރުކޮށް، ޖަމްޢުނުކޮށް ދޫކޮށްލުމަކީ ދަތުރުވެރިޔާ އަށް ހުއްދަވެގެންވާ ގޮތެކެވެ. ރަށަކަށްފައިބާ ހުންނަ ކަމަށް ވަނީނަމަ ޖަމްޢުނުކޮށް ދޫކޮށްލުން އައުލާކަންބޮޑެވެ.

ޙައްޖަތުލް ވަދާޢުގެ އަހަރުގައި މިނާގައި ހުންނެވި އިރު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަންތައް ކުރެއްވި ގޮތަށެވެ. އެކަލޭގެފާނު މިނާގައި ހުންނެވި އިރު ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތެއްގައި ގަޞްރު ކުރެއްވިއެވެ. ޖަމްޢު އެއް ނުކުރައްވައެވެ. އަދި ތަބޫކު ގައި ހުންނެވި ދުވަސްވަރުގައި ގަޞްރު ޖަމްޢު ކުރެއްވިއެވެ. މިއިން ދޭހަވަނީ އެކަމަކީ ތަނަވަސްވެގެންވާ ކަމެއް ކަމެވެ. ސަވާރީގައި ތަނެއްގައި މަޑުކުރުމެއްނެތި ދަތުރުކުރައްވަމުން ވަޑައިގަންނަވާ ހިނދުގައި، އިތުރު އެކަލޭގެފާނު ގަޞްރު ޖަމްޢު ކުރައްވައެވެ“. (މަޖްމޫޢު ފަތާވާ އިބްނު ބާޒް 12-289). والله أعلم .

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.