ސައިކަލް ޓެކްސީއެއް އެކްސިޑެންޓުވެ، ޓެކްސީ ދުއްވަން އިން ޑްރައިވަރަށް އަނިޔާވެއްޖެ

ސައިކަލު ޓެކްސީއެއް އެކްސިޑެންޓުވެ، ޓެކްސީ ދުއްވަން އިން ޑްރައިވަރުގެ އިނގިލި ބިންދައިގެން ހިންގައްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނނު 11:50 އެހާކަންހާ އިރު، މި އެކްސިޑެންޓު ހިނގާފައިވަނީ މަޖީދީ މަގުން ސީކްރެޓް ރެސިޕީ ކައިރިން ކަމަށާއި މި އެކްސިޑެންޓަކީ ޕްރައިވެޓް ސައިކަލަކާއި ޓެކްސީ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓެކްސީ ސައިކަލު ދުއްވަން އިން ޒުވާނާގެ ކަނާއަތުގެ އިނގިއްޔެއް ބިންދައިގެން ދިޔަނަމަވެސް، އޭނާގެ ޙާލު ސީރިއަސް ނޫންކަމަށާއި އެކްސިޑެންޓުވީ ދެ ސައިކަލު ދުއްވަންތިބި މީހުން ވާހަކަ ދައްކައިގެން އެ މައްސަލަ ޙައްލުކޮށްފައިވާތީ، މައްސަލައެއްގެ ގޮތުގައި ފުލުހުން އެކަން ތަޙުޤީޤު ނުކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާއި ގުޅިގެން ރާއްޖޭގައި ސައިކަލު ޓެކްސީގެ ޚިދުމަތް އެންމެފުރަތަމަ ތަޢާރަފްކުރި ސްކޫޓެކްސީ އިންބުނީ އެކްސިޑެންޓުވެފައިވަނީ އެ ސެންޓަރުގެ ސައިކަލެއް ނޫން ކަމަށާއި އެހެންނަމަވެސް އެފަދަ ޙާދިޘާއެއް ހިނގާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

އަދި އެ ސެންޓަރުން އަބަދުވެސް ކަސްޓަމަރުންނާއި ޑްރައިވަރުގެ ސަލާމަތާއު ރައްކާތެރިކަމަށް ބަލާނެ ކަމަށާއި އެ ސެންޓަރުގެ ފްލީޓުގެ ޑްރައިވަރުން ދަތުރުތަކުގައި އުޅޭވަގުތު ތިބޭނީ އެ ސެންޓަރުގެ ލޯގޯ ޖެހި ޖެކެޓު ލައިގެން ކަމަށްވެސް ސްކޫޓެކްސީގެ ފަރާތުން ބުންޏެވެ.

މީގެ އިތުރުން އެ ސެންޓަރުން ބުނީ “ އައުނާ ސްކޫލް “ ނަމަކަށް ކިޔާ ބަޔަކުވެސް ސައިކަލު ޓެކްސީގެ ޚިދުމަތް ދެމުން އަންނަކަމަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ލިބޭކަމަށާއި އެހެންނަމަވެސް އެފަރާތުން (އައުނާ ސްކޫލް) ރަސްމީކޮށް އެ މަސައްކަތް ފެށިކަން އެނގިފައިނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.