
މީޑިއާތަކުން ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އެމްއެމްސީ އިން އިލްތިމާސްކޮށްފި
ރާއްޖޭގެ އޮމްލައިން ނޫހެއްގައި ބޭއަދަބީ ފޮޓޯތަކަކާއި ލިޔުންތަކެއް ހާމަވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 24 ވީ އަންގާރަ ދުވަހު ވަގުތު އޮންލައިންގާ ބޭއަދަބީ ފޮޓޯތަކަކާއި ލިޔުންތަކެއް ހާމަވެގެން ދިޔަކަމީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި އެކަމަކީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކުރި ކަމެއްކަމުގައިވީ ނަމަވެސް، އެފަދަ އެއްވެސް ކަމަކީ ދިވެހި އިސްލާމީ މުޖުތަމަޢުގައި އެއްވެސް ޙާލެއްގައި ކަމެއްކަމަށް އެ ކައުންސިލުން ޤަބޫލުނުކުރާ ކަމަށްވެސް މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އެފަދަ އެންމެހާ ނޭދެވޭ ޢަމަލުތައް އެ ކައުންސިލުން ކުށްވެރިކުރާ ކަމަށާއި އެފަދަ ކަންކަމަށް މަގުފަހިނުވާނޭގޮތަކަށް މީޑިއާތަކުން ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.



