އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ 3 ވަނަ ބުރު ފަށައިފި

އިމާމުންނާއި ޚަޠީބުން ތާޒާ ކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ 3 ވަނަ ބުރު މިއަދު ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުންތަކުގެ 3 ވަނަ ބުރު ކުރިއަށްދަނީ ފުވައްމަލަކު ސިޓީ ގެ އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށްގެން ފުވައްމުލަކު ސިޓީގައެވެ. މީގެ ކުރިން މިނިސްޓްރީން ވަނީ މާލޭ ސިޓީ ސަރަޙައްދުގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް މާލޭގައި، އަދި އައްޑޫ ސިޓީ ގެ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށް އައްޑޫ ސިޓީގައި މިފަދަ މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދު ފުވައްމުލަކު ސިޓީގައި މިފެށުނު ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ފުވައްމުލަކު ސިޓީ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަލީ ފަޒާދެވެ. މިރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މާލޭ ސަރަޙައްދުން ބޭރަށް، އަތޮޅުތެރެއަށް މިފަދަ ކަންކަން ފުޅާވެގެން ދާ ދިއުމަކީ އުފަލާއެކު ފާހަގަކުރައްވާ ކަމެއްކަމަށާއި، އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ތަމްރީން ޕްރޮގްރާމްތައް ގިނަގިނައިން ހިންގުމަކީ މުހިންމު ކަމެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

viber image04

ފުވައްމުލަކު ސިޓީގައި މިމަހުގެ 19 އިން 20 ށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި 29 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.  މި ވޯކްޝޮޕްގައި ކިޔަވައިދޭ ބައިތަކު ތެރޭގައި ޤުރްއާނާއި ފިޤްހާއި ދިވެހިބަސް ކިޔުމާއި ހުށަހެޅުމުގެ ހުނަރުގެ އިތުރުން މޮސްކް މެނޭޖްމަންޓް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި އިމާމުންނާއި ޚަޠީބުންނަށް އަމާޒުކޮށް މިފަދަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމުގެ މަޤްޞަދަކީ، އިމާމުންނާއި ޚަޠީބުންނަކީ މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެފައި، އިމާމުންނާއި ޚަޠީބުންންގެ މަސައްކަތަށް ޒަމާނާ ގުޅިގެން އަންނަ ބަދަލުތައް އޮޅުންފިލުވައިދީ ހޭލުންތެރި ކުރުމެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިތުރު ވޯކްޝޮޕްތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކުރިއަށް ގެންދާނެކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.