
ތަޤްވާގެ މާތް ކަމާއި އޭގެ މޭވާ (2)ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު
- ތަގްވާވެރިކަން ޙާޞިލް ކުރުމަށްޓަކައި ﷲ އަށް އަޅުކަން ކުރުމަށް އަމުރު ކުރެއްވިއެވެ.
ސޫރަތުލް ބަގަރާގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ) މާނައަކީ: ”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.“
ސޫރަތުލް ބަގަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) މާނައަކީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.“
ސޫރަތުލް އަންޢާމްގެ 153 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ) މާނައަކީ: ”އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.“
ތަގްވާގެ މަޙައްލަކީ ހިތެވެ. އެއީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިންމު ގުނަވަނެވެ. އެގުނަވަން ރަގަޅުވެއްޖެނަމަ އިންސާނާގެ ހުރިހާ ކަމެއް ރަގަޅުވެދެއެވެ. އަދި ގޯސްވެއްޖެނަމަ ހުރިހާ ކަމެއް ގޯސްވެދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (التَّقْوَى هَاهُنَا وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ) މާނައަކީ: ”ތަގްވާ ވަނީ މިތަނުގައެވެ. މިހެން ޙަދީޘް ކުރެއްވުމަށްފަހު އެކަލޭގެފާނުގެ މޭފުޅަށް ތިންފަހަރަށް އިޝާރާތް ކުރެއްވިއެވެ.“
ތަގްވާގެ މޭވާ
- ﷲ ގެ ލޯބި ޙާޞިލްވުން. ސޫރަތުއް ތައުބާގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِلَّا الَّذِينَ عَاهَدتُّم مِّنَ الْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْئًا وَلَمْ يُظَاهِرُوا عَلَيْكُمْ أَحَدًا فَأَتِمُّوا إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْۚ إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ) މާނައަކީ: ”مشرك ންގެ ތެރެއިން އެބަޔަކާ، ތިޔަބައިމީހުން معاهدة ކޮށްފައިވާ، އަދި އެއުރެން (އެ معاهدة އާމެދު) ތިޔަބައިމީހުންނަށް އެއްވެސްކަމެއް އުނިކޮށްފައިނުވާ އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެއްވެސްމީހަކަށް އެހީވެ، ވާގިދީފައިނުވާ މީހުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންގެ މުއްދަތު ހަމަވަންދެން އެއުރެންގެ عهد ފުރިހަމަކުރާށެވެ! ހަމަކަށަވަރުން، تقوى ވެރިންދެކެ، اللَّه ލޯބިވެވޮޑިގެންވެއެވެ.“
ސޫރަތުއް ތައުބާގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ اللَّـهِ وَعِندَ رَسُولِهِ إِلَّا الَّذِينَ عَاهَدتُّمْ عِندَ الْمَسْجِدِ الْحَرَامِ ۖ فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ ۚ إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ) މާނައަކީ: ”اللَّه ގެ حضرة ގައްޔާއި، އެކަލާނގެ رسول އާގެ އަރިހުގައި، مشرك ންނަށް عهد އެއް އޮންނާނީ، ކޮންފަދައަކުން ހެއްޔެވެ؟ حرمة ތެރި މިސްކިތުގެ ކައިރީގައި ތިޔަބައިމީހުން އެބަޔަކާ عهد ކުރި މީހުންނަށް މެނުވީއެވެ. ފަހެ، އެއުރެން ތިޔަބައިމީހުންނަށް ސީދާވެގެންތިބިހާ ހިނދަކު ތިޔަބައިމީހުންވެސް އެއުރެންނަށް ސީދާވާށެވެ! ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.“
ސޫރަތު އާލުޢިމްރާންގެ 76 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَىٰ فَإِنَّ اللَّـهَ يُحِبُّ الْمُتَّقِينَ ) މާނައަކީ: ”އެހެންނަކުންނޫނެވެ! އެމީހެއްގެ عهد އެމީހަކު ފުރިހަމަޔަށް އަދާކޮށް، تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، تقوى ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.“
- ދުނިޔެ އާއި އާޚިރަތުގައި ﷲ ގެ ރަޙްމަތް ޙާޞިލްވުން.
ސޫރަތުލް އަޢްރާފްގެ 156 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاكْتُبْ لَنَا فِي هَـٰذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ ۚ قَالَ عَذَابِي أُصِيبُ بِهِ مَنْ أَشَاءُ ۖ وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ) މާނައަކީ: ”އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި آخرة ގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެއްޖައީމުއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ عذاب އެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އެ عذاب ކުރިމަތި ކުރައްވަމެވެ. އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، تقوى ވެރިވެ، زكاة ދީ އުޅޭމީހުންނަށާއި، ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުންނަށް ތިމަންރަސްކަލާނގެ އެ رحمة ލިޔުއްވާހުށީމެވެ.“
ސޫރަތުލް އަންޢާމްގެ 155 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ) މާނައަކީ: ”މި قرآن އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް تبع ވާށެވެ! އަދި ތިޔަބައިމީހުން تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.“
- ﷲ ގެ ނަޞްރާއި ތާޢީދު ލިބުމަށް މެދުވެރިވާ ކަމެއް ކަމުގައިވުން. ސޫރަތުއް ނަޙްލުގެ 128 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ) މާނައަކީ: ”ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިވި މީހުންނާ އެކުގައެވެ. އަދި إحسان ތެރިންނާވެސް އެކުގައެވެ.“
ސޫރަތުއް ތައުބާގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ عِدَّةَ الشُّهُورِ عِندَ اللَّـهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّـهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ وَاعْلَمُوا أَنَّ اللَّـهَ مَعَ الْمُتَّقِينَ) މާނައަކީ: ”ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހާ مشرك ންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ!“
- ދުނިޔެ އާއި އާޚިރަތުގައި އެންމެހައި މަކްރޫހަ ތަކުން ސަލާމަތްވުން. ސޫރަތުލް އަޢްރާފްގެ 35 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِيۙ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ) މާނައަކީ: ”އޭ آدم ގެދަރިންނޭވެ! ތިމަންރަސްކަލާނގެ آية ތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާ رسول ންތަކެއް، ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، تقوى ވެރިވެ، އަދި (عمل ތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“
ސޫރަތުއް ޒުމަރުގެ 61 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيُنَجِّي اللَّـهُ الَّذِينَ اتَّقَوْا بِمَفَازَتِهِمْ لَا يَمَسُّهُمُ السُّوءُ وَلَا هُمْ يَحْزَنُونَ) މާނައަކީ: ”އަދި اللَّه، تقوى ވެރިވިމީހުން އެއުރެންގެ ކާމިޔާބީއާއެކު ސަލާމަތްކުރައްވާ ހުށްޓެވެ. އެއުރެންނަކަށް އެއްވެސްކަހަލަ ނުބައިކަމެއް ނުޖެހޭނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް އެއުރެން ނުވެއެވެ.“
- ތަގްވާވެރި ކަމުގެ ސަބަބަބުން މީހާގެ ހިތް އަލިވެ، ހެވާއި ނުބައި ވަކި ކޮށްދެއެވެ.
ސޫރަތުލް އަންފާލުގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّـهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ ۗ وَاللَّـهُ ذُو الْفَضْلِ الْعَظِيمِ) މާނައަކީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާނަމަ، ތިޔަބައިމީހުންނަށް حق އާއި، باطل ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ. އަދި ތިޔަބައިމީހުންގެ ކިބައިން ކުށްފާފަތައް ފިއްލަވާނެތެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.“
ސޫރަތުލް ޙަދީދްގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَآمِنُوا بِرَسُولِهِ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِ وَيَغْفِرْ لَكُمْ ۚ وَاللَّـهُ غَفُورٌ رَّحِيمٌ) މާނައަކީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި އެކަލާނގެ رسول އާއަށް إيمان ވާށެވެ! އޭރުން އެކަލާނގެ رحمة ން އެކަލާނގެ ތިޔަބައިމީހުންނަށް ދެގުނަ ދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށް އޭގެ އަލީގައި މަގު ހިނގާނޭ ނޫރެއް، އެކަލާނގެ ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.“
- ޝައިޠާނާގެ މައްޗަށް ގަދަވެގަތުމަށް ޓަކައި ތަގްވާވެރި ކަމަކީ ބާރެކެވެ.
ސޫރަތުލް އަޢްރާފްގެ 201 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ ) މާނައަކީ: ”ހަމަކަށަވަރުން، تقوى ވެރިވި މީހުންގައި شيطان އާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެއުރެން (اللَّه) ހަނދުމަކުރެތެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެއުރެންވެއެވެ.“
- ތަގްވާ އަކީ ހެޔޮކަންތަކަށް މީހާ ވާޞިލްކޮށްދޭ ކަމެކެވެ.
ސޫރަތުއް ޠަލާގްގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ذَٰلِكَ أَمْرُ اللَّـهِ أَنزَلَهُ إِلَيْكُمْ ۚ وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا ) މާނައަކީ: ”އެއީ ތިޔަބައިމީހުންނަށް اللَّه ބާވައިލެއްވި، އެކަލާނގެ أمر ފުޅެވެ. އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ.“
ސޫރަތު އާލުޢިމްރާންގެ 179 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَّا كَانَ اللَّـهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّـهُ لِيُطْلِعَكُمْ عَلَى الْغَيْبِ وَلَـٰكِنَّ اللَّـهَ يَجْتَبِي مِن رُّسُلِهِ مَن يَشَاءُ ۖ فَآمِنُوا بِاللَّـهِ وَرُسُلِهِ ۚ وَإِن تُؤْمِنُوا وَتَتَّقُوا فَلَكُمْ أَجْرٌ عَظِيمٌ) މާނައަކީ: ”ރަނގަޅު މީހުންގެ ތެރެއިން ނުބައިމީހުން ވަކިކުރައްވައިފުމަށް ދާނދެން، اللَّه ތިޔަބައިމީހުން ތިބިގޮތުގެ މައްޗަށް (އެބަހީ: مؤمن ންނާއި منافق ން އެކުވެ އުޅުމުގެ މައްޗަށް) مؤمن ން ދުލެއް ނުކުރައްވާނެތެވެ. އަދި، غيب ގެ ކަންތައް اللَّه، ތިޔަބައިމީހުންނަށް ފާޅެއް ނުކުރައްވާނެތެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ رسول ންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކު خيار ކުރައްވަތެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول ންނަށް إيمان ވާށެވެ! އަދި، ތިޔަބައިމީހުން إيمان ވެ، تقوى ވެރިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ. “
- ހެޔޮކަންތަކަށް މަގުހުޅުވި ރިޒްގު ތަނަވަސްވާ ކަމަކަށްވުން.
ސޫރަތުލް އަޢްރާފްގެ 96 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ) މާނައަކީ: ”ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ.“
ސޫރަތުއް ޠަލާގްގެ 2 އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا ) މާނައަކީ: ”އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.“
ނުނިމޭ….



