ހީވާގި ކަނބަލުންގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހީވާގި ކަނބަލުންގެ މައުރަޒު އިންތިޒާމުކުރާ ކޮމެޓީން ބުނީ އެމައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މި ޖެނުއަރީމަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިގޮތަށް ނިންމީ މައުރަޒުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ އާއި އަތޮޅުތެތެއިންވެސް ބައިވެރިވުމަށް އެދެމުން އަންނާތީކަމަށްވެސް އެފަތާތުން ބުންޏެވެ.
މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްގެ އިސްނެންގެވުމަކަށް ބާއްވާ މައުރަޒެކެވެ. އަދި ވީހާވެސް ގިނަ ބަޔަކު މި މައުރަޒުގައި ބައިވެރިވުމަކީ މެޑަމް ފާތުންގެ އެދިވަޑައިގަތުމެކެވެ.
ދިވެހި އަންހެމުންގެ މަސައްކަތާއި ހުނަރު ދައްކާލުމުގެ މަޤުޞަދުގައި ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު ކުރިން ހަމަވާގޮތަށް އޮތީ މިމަހުގެ 15 ވަނަ ދުވަހަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.