
މޮޑްރިޗަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ.
އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑާ ކްރޮއޭޝިއާގެ މިޑްފިލްޑަރު ލޫކާ މޮޑްރިޗް ދުވަސްކޮޅަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.
މޮޑްރިޗް ކުޅުމާއި ދުރަަށްދާން ޖެހުނީ ވާތު ފައިގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.
މި އަނިޔާގެ ސަބަބުން މިރޭ ސްޕެނިޝް ލީގުގައި އެއިބާ އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.
މި އަނިޔާގެ ސަބަބުން މޮޑްރިޗް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ ވަކި މުއްދަތެއް ރެއާލްއިން ހާމަކޮށްފައެއް ނުވެއެވެ.



