ގަދަފަދަ ޔޫތް ޔުނައިޓެޑް ބަލިކޮށް އެޗްޕީއެސްއެން ޗެމްޕިއަންކަން ހޯދައިފި

ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެކަމަށް ގިނަބަޔަކު އުއްމީދުކުރި ގަދަފަދަ ޔޫތް ޔުނައިޓެޑް ބަލިކޮށް އެޗްޕީއެސްއެން އިން ޗެމްޕިއަންކަން ހޯދައިފިއެވެ.
އެޓީމު ޗެމްޕިއަންކަން ހޯދީ ކ. ގުރައިދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލު މެޗު ކާމިޔާބު ކޮށްގެންނެވެ.
މިއަދުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާތީ ނަތީޖާ ނެރުނީ ޕެނަލްޓީޝޫޓް އައުޓަށް ގޮސްގެންނެވެ.
ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީޝޫޓް އައުޓް ކާމިޔާބުކޮށް ތަށި އުފުލާލުމުގެ ފުރުޞަތު ފުރަތަމަ ލިބުނީ ޔޫތް ޔުނައިޓެޑަށެވެ. ނަމަވެސް އެޓީމުގެ ޖާރޒީ ނަމްބަރ 7 ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އަދި ފުރަތަމަ ޖެހި 5 ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ކާމިޔާބު ކުރެވުނީ 4 ޕެނަލްޓީއެވެ.
ފައިނަލް މެޗު ނިމުމުން އެކިގޮތްގޮތުން މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޚުބްތެރިޔާއަށް ހަނދާނީ ލިޔުމާއި ޓްރޮފީ ޙަވާލުކުރުން އޮތެވެ.
އަދި ޗެމްޕިއަން ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމުގެ ރަމްޒީ ޗެކާއި ތަށި ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރ އަދި މި މުބާރާތުގެ ބާނީ އަލް އުސްތާޛު އިބްރާހިމް ރިޟާ އެވެ.

image 0 02 06 3936729c92d6ed48fc7ab7b1e5a259b18174393f7319e1a443d1574fa4ef45c3 V

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.