
ކުށުސަޖިދައިގެ ޙުކުމްތައް
ކުށުސަޖިދައަކީ: ނަމާދުގެ ތެރޭގައި ހަނދުމަނެތި ކުރެވޭ އުނިކަންތަކުން ސަލާމަތްވުމަށްޓަކައި ނަމާދުކުރާމީހާ ކުރާ ދެސަޖިދައެވެ.
އިތުރުވުން
- ނަމާދަށް ހުއްޓާ ހަނދާންނެތި ޤިޔާމެއް، އިށީނުމެއް، އަދި ރުކޫޢެއް ނުވަތަ ސުޖޫދެއް އިތުރުވުން
- ނަމާދު ފުރިހަމަވުމުގެ ކުރިން ހަންދާންވެފައިނުވާނަމަ، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުން މެނުވީ ނުވެއެވެ.
- އިތުރުވެއްޖެކަން ހަނދާންވީ ނަމާދުގެތެރެއިން ކަމުގައިވާނަމަ އަވަހަށް ރުޖޫޢަވެ، ސަލާމްދިނުމަށްފަހު ކުށުސަޖިދަޖަހަންވާނެއެވެ.
- ނަމާދު ފުރިހަމަވުމުގެކުރިން ހަނދުމަނެތި ސަލާމްދެވުން
- ގިނައިރުތަކެއްވުމުގެ ކުރިން ހަނދާންވެފައިނުވާނަމަ އަލުން ނަމާދުކުރުން
- ސަލާމްދިނުމަށްފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަނދާންވެފައިވާނަމަ ނަމާދުފުރިހަމަކޮށް ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހުން
އުނިވުން
- ރުކުނެއް އުނިވުން
- ހަށަންބަން ތަކްބީރުކަމުގައިވާނަމަ ނަމާދު ޞައްޙައެއް ނުވާނެއެވެ.
ހަށަންބަން ތަކްބީރުކަމުގައި ނުވާނަމަ:
- ފުރަތަމަ ރަކްޢަތުން އުނިވި ރުކުނާއި ހަމައަށް ދެވަނަ ރަކްޢަތުގައި ވާޞިލުވެއްޖެނަމަ، ރުކުން އުނިވި ރަކްޢަތް ބަލައިނުގަނެވޭނެއެވެ. ދެން އެއަށްފަހު ފުރިހަމަކޮށް ސަލާމްދިނުމަށްފަހު ކުށުސަޖިދަ ޖަހާނީއެވެ.
- ފުރަތަމަ ރަކްޢަތުން އުނިވި ރުކުނާއި ހަމައަށް ދެވަނަ ރަކްޢަތުން ވާޞިލުނުވެވޭނަމަ، އުނިވި ރުކުނަށް ރުޖޫޢަވެ އެރުކުން އަދާކުރުމަށްފަހު ނަމާދު ފުރިހަމަކޮށް ސަލާމްދިނުމަށްފަހު ކުށުސަޖިދަޖެހާނީއެވެ.
- ނަމާދުގެ ވާޖިބެއް އުނިވުން
- ނަމާދުކުރާ މީހާ ހަނދާންނެތުމުގެ ސަބަބުން ނަމާދުގެ ވާޖިބެއް ދޫކުރެވިއްޖެނަމަ
- އޭނާ އެމަޙައްލެއްގައި ވަނިކޮށް ހަނދާންވެއްޖެނަމަ އެވާޖިބުގެނައުމުން ނިމުނީއެވެ.
- އޭނާގެ މަޙައްލުންވަކިވެ ޖެހިގެން އޮތް ރުކުނަށް ވާޞިލުނުވެނޭނަމަ ކުރީގެ މަޙައްލަށް ރުޖޫޢަވެ އުނިވި ވާޖިބު އަދާކޮށް ނަމާދު ފުރިހަމަކުރުމަށްފަހު ސަލާމްދީފައި ކުށުސަޖިދަޖަހާނީއެވެ.
- ޖެހިގެން އޮތް ރުކުނަށް ވާޞިލުވުމަށްފަހު ވާޖިބެއް އުނިވެއްޖެކަން ހަނދާންވެއްޖެނަމަ އުނިވި ވާޖިބު އަދާކުރުމަށް އެނބުރިދިއުމަކާއި ނުލައި ނަމާދު ފުރިހަމަކޮށް ސަލާމްދިނުމުގެކުރިން ކުށުސަޖިދަޖަހައި ސަލާމްދޭނީއެވެ.
ނަމާދުގެ ރުކުންތައް:
- ކުޅަދާނަވެގެންވާ މީހާ ނަމާދަށް ކޮޅަށްހުރުން
- ހަށަމްބަން ތަކްބީރުކިޔުން
- ސޫރަތުލް ފާތިޙާ ކިޔުން
- ރުކޫޢުކުރުން
- ރުކޫޢުން ތެދުވުން
- ހަތް ގުނަވަނުގައި ސަޖިދައަށް އޮތުން
- ސަޖިދައިންތެދުވުން
- ދެސަޖިދަ ދެމެދު އިށީނދެއިނުން
- އެންމެހައި ރުކުންތަކެއްގައި ހަމަޖެހިލުން
- ހަމަޖެހިލުމަށްޓަކައި އިށީނުން
- ފަހު އައްތަޙިއްޔާތު ކިޔުން
- ރަސޫލާގެ މައްޗަށް ޞަލަވާތްކިޔުން
- ސަލާމްދިނުން
- ތަރުތީބުކުރުން
ނަމާދުގެ ވާޖިބުތައް
- ހަށަމްބަން ތަކްބީރު ފިޔަވައި އެންމެހައި ތަކްބީރުތައް
- އިމާމާ އާއި މައުމޫމުން سمع الله لمن حمده ކިޔުން
- އިމާމާ އާއި މައުމޫމުން ربنا ولك الحمد ކިޔުން
- ދެސަޖިދަ ދެމެދުގައި ربي اغفر لي ކިޔުން
- ރުކޫޢުގައި سبحان ربي العظيم ކިޔުން
- ސަޖިދައިގައި سبحان ربي الأعلى ކިޔުން
- ފުރަތަމަ އައްތަޙިއްޔާތު ކިޔުން



