އޭޕްރީލް މަހުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެކަމުގެ ޔަގީންކަން އީސީން ދޭކަމަށް އެމްޑީޕީން ބުނެފި

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބާއްވާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން ބުނެފި އެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއް މިވަގުތު ރަސްމީކޮށް އަންގާފައި ނުވިނަމަވެސް އަންނަހަފްތާގެ ތެރޭގައި އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އީސީން އިއުލާނުކުރާނެކަމުގައި ބެލެވޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނިޔާޒް ވިދާޅުވީ އިންތިހާބު ބާއްވާނީ ކޮން އިރަކުކަން އެނގިގެން ދިއުމަކީވެސް އެމްޑީޕީން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމެއްކަމަށެވެ. އަދި މިއީ އެޕާޓީން އެދިއެދި ތިބި ގޮތްކަމަށްވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރިހަކާއި ބެހޭގޮތުން ގައުމީ ލަފާދޭ ކޮމިޓީގައި މިއަދު މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި އަންނަ އާދީއްތަ ދުވަހު ވަކި ތާރީހެއް އިއުލާނު ކުރެވޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

“ މިހާރު މިވަނީ މިއަދު ކޮމީޓީގެ ބައްދަލުވުމެއްވެސް ބޭއްވި އެކަމާ މަސްވަރާ ކުރެވިފަ. އެހެން ކަމުން އަންނަ ހަފްތާ އާދީއްތަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އިއުލާންކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ.“ އަކްރަމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.