ގައްޒާއަށް އެހީވައްދާ ފަރާތްތަކަށް އެތެރެ ކުރެވޭނެކަމަށް އެއްބަސްވި އަދަދާ ގާތްކުރާ ވަރަށްވެސް އިސްރާއިޅުން ހުއްދައެއް ނުދޭ

އިޒްރޭލުން ގައްޒާއަށް ވައްދާނެ ކަމަށް އެއްބަސްވި އެހީގެ ލޮރީތަކުގެ ތެރެއިން އެތެރެވުމުގެ ހުއްދަ ދީފައިވަނީ ދެބައިކުޅަ އެއްބަޔަށް ކަމަށް އެ ޤައުމުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިޒްރޭލުގެ އަސްކަރީ މައުލޫމާތުތަކަށް ބަލާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަފުތާއަކު 4،200 ލޮރީ ވައްދާނެ ކަމަށް ވީ ވައުދާ ގާތަށް ވެސް ގިނަ މަސްތަކުގައި އެހީ ފޯރުކޮށްދެވިފައެއްނުވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަސްކަރިއްޔާގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ގައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އިޒްރޭލުން އަދާކުރަންޖެހޭ އިލްތިޒާމުތަކަށް އެ ޤައުމުން ވަނީ އިހުމާލުވެފަ އެވެ.

އެގޮތުން މިދިޔަ މާރިޗު މަހުން ފެށިގެން ކޮންމެ މަހަކު ވެސް އެތެރެކުރުމަށް އެއްބަސްވި އިންސާނީ އެހީއާއި ވިޔަފާރި މުދަލުގެ ތެރެއިން އެތެރެކުރެވިފައިވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ.

”ހާރެޓްޒް“ ނޫހަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ގައްޒާއަށް ފޮނުވާ ކާބޯތަކެތީގެ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާއިރު ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ފޭލިގެ އަދި ހަލާކުވެފައިވާ އުމްރާނީ ވަސީލަތްތައް މަރާމާތުކުރަން ބޭނުންވާ ތަކެތި ވެސް ވަނީ އިންތިހާއަށް މަދުވެފަ އެވެ.

މީގެ އިތުރުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރެފިއުޖީ ކެންޕުތަކުގައި ފެންބޮޑުވެ އެތައް ލައްކަ ފަލަސްތީނު ރައްޔިތުންނެއް ދަނީ ނިކަމެތި ހާލުގައި ދިރިއުޅެމުންނެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކޮންމެ ހަފުތާއަކު އިންސާނީ އެހީއާއި ވިޔަފާރި މުދާ އުފުލާ 4،200 އުޅަނދު ގައްޒާއަށް ވެއްދުމަށް އިޒްރޭލުން ވައުދުވި އެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 18،200 ލޮރީ އެވެ.

މި އެހީގެ ތެރޭގައި ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާގެ ސާމާނާއި ހިޔާވަހިކަން ގާއިމުކުރަން ބޭނުންވާ ތަކެތީގެ އިތުރުން އަސާސީ ޚިދުމަތްތައް މަރާމާތުކުރުމަށް ބޭނުންވާ އާލާތްތައް ހިމެނެންޖެހެ އެވެ.

އިޒްރޭލުގެ ކޯޑިނޭޓަރ ފޯ ގަވަރންމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓޮރީސް އިން އެމެރިކާ އިސްވެ އޮންނަ އިންޓަރނޭޝަނަލް ގައްޒާ ސަޕޯޓް ސެންޓަރަށް ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ބަލާއިރު މާރިޗު މަހު ގައްޒާއަށް ވައްދާފައިވަނީ 4،700 ލޮރީ އެވެ.

އޭޕްރީލް މަހު މި އަދަދު 5،300 އަށް އެރިއިރު، މެއި މަހު 9،600 އަށް ވުރެ ގިނަ ލޮރީ ވައްދާފައިވެ އެވެ.

ޖޫން މަހު މި އަދަދު 12،000 އަށް ވުރެ މައްޗަށް ދިޔަ ނަމަވެސް ޖުލައި އަދި އޯގަސްޓް މަހު އެ އަދަދު ވަނީ 10،000 އަށް ދަށަށް ގޮސްފަ އެވެ.

ސެޕްޓެމްބަރު މަހު އެންމެ ގިނައިން އެހީ ވައްދާފައިވަނީ 13،000 ލޮރީ އެވެ. ނަމަވެސް އޮކްޓޫބަރު މަހު މި އަދަދު ވަނީ ކުއްލިއަކަށް 6،500 އަށް ދަށްވެފައެވެ.

މިއީ އިޒްރޭލުން އަމިއްލައަށް ފޯރުކޮށްދީފައިވާ ހިސާބުތަކުން އެ ޤައުމުގެ ވައުދުތައް ފުއްދިފައިނުވާކަން ހާމަވި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.