މުޒާހިރާކުރި ކުޑަކުއްޖަކަށް ސަޢުދީގައި މަރުގެ ޙުކުމް ތަންފީޒުކޮށްފި

ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ވެރިކަމުގައި ސިޔާސީ ނުފޫޒު ފޯރުވުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ސިއްރިއްޔާތުގައި މި މަރުގެ އަދަބު ތަންފީޒުކުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

ސަޢޫދީގެ އިރުމަތީ ޕްރޮވިންސްގެ ޝިޢައިންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދަށް ނިސްބަތްވާ ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ ހައްޔަރުކުރި ކުއްޖަކާއި ސައުދީގެ އިތުރު ރައްޔިތެއްގެ މަރުގެ އަދަބު އެ ޤައުމުން ވަނީ ތަންފީޒުކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޮނިހިރު ދުވަހު ސަޢޫދީ ޕްރެސް އެޖެންސީން ނެރުނު ބަޔާނެއްގައި ޤުރައިރީސްގެ މަރުގެ އަދަބު ތަންފީޒުކޮށްފައިވާކަން ރިޔާޟުން ވަނީ ކަށަވަރުކޮށްދީ ފައެވެ.

ސަޢޫދީގެ އިރުމަތީ ޕްރޮވިންސްގެ ނުފޫޒުގަދަ ޝިޢައި އާއިލާއަކަށް ނިސްބަތްވާ ގުރައިރީސް އަކީ 2011-12 ގެ ”އަރަބި ބަހާރު“ ގެ މުޒާހަރާތައް ކުރިއަށްދިޔަ ދުވަސްވަރު އުމުރުން އެންމެ 14 ނުވަތަ 15 އަހަރުގެ ކުއްޖެކެވެ.

ގުރައިރީސްގެ އާއިލާއާއި ދައުލަތުގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިންވެސް ވަނީ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. އެގޮތުން އޭނާގެ އެއް ބޭބެ ސަލާމަތީ ބާރުތަކުން މަރާލާފައިވާއިރު އަނެއް ބޭބެ އުމުރުން 13 އަހަރުގައި ހައްޔަރުކޮށް ނުވަ އަހަރުގައި ކުރި ކަމަށް ބުނާ ކުށެއްގެ ދައުވާގައި މަރުގެ އަދަބު ދިނުމަށް ވަނީ ހުށަހަޅާފަ އެވެ.

ސަޢޫދީ ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާޟިލް ބިން ޙަސަން ބިން ޢަބްދުﷲ އައްޞަފްވާނީގެ މަރުގެ އަދަބުވެސް ހޮނިހިރު ދުވަހު ވަނީ ތަންފީޒުކޮށްފަ އެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ”ޓެރަރިޒަމްގެ ކުށްތަކަކަށެވެ“.

އޭގެ ތެރޭގައި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅުމާއި ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން ސަލާމަތީ ބާރުތަކަށާއި އުޅަނދުތަކަށް ބަޑިޖެހުމާއި، ވަޒަން ގެންގުޅުމާއި އަދި ސައުދީގެ އެތެރޭގައި ހިންގާ އޮޕަރޭޝަންތަކަށް މާލީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

އެސް.ޕީ.އޭގެ ބަޔާނުގައިވާ ގޮތުން މި މައްސަލަތައް ޚާއްޞަ ޖިނާއީ ކޯޓުތަކުން ބަލައި ކުށް ސާބިތުވުމަށްފަހު ސުޕްރީމް ކޯޓުން ވަނީ އެ ނިންމުންތަކަށް ތާއީދުކޮށްފަ އެވެ. އަދި މި ހުކުމްތައް ތަންފީޒުކޮށްފައިވަނީ ރަސްކަމުގެ ފަރީމާނަކުން އެކަން ތަސްދީގުކުރުމަށްފަހުގަ އެވެ.

ގުރައިރީސް ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މުޒާހަރާތަކުގައި ބައިވެރިވުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މުޒާހަރާތައް އިންތިޒާމުކުރުމާ ގުޅޭ މައްސަލަތަކުގަ އެވެ.

މަރުގެ އަދަބު ތަންފީޒުކުރި މި އެކްޓިވިސްޓް މުޒާހަރާތަކުގައި ބައިވެރިވި ކަމަށް ބުނާ ދުވަސްވަރު އޭނާގެ އުމުރަކީ 14 އަހަރެވެ.

އޭނާގެ އާއިލާއިން ބުނާ ގޮތުގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ބޭނުންކޮށްފައިވަނީ އެ އަނިޔާތަކަށް ކެތްނުކުރެވިގެން އޭނާ ލައްވައި މަޖުބޫރުން ކުރުވި ދޮގު އިއުތިރާފުތަކެއް ކަމަށްވެސް އާއިލާއިން ފާހަގަކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.