ޢުމަރު ނަސީރުގެ އޯގާތެރި ނަޞީޙަތެއް ޑރ. މުޢިއްޒަށް

”ރައީސް މުޢިއްޒުއަށް ވަރަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ބޮޑެތި މެގަ ޕްރޮޖެކްޓްތައް ހިނގާ ގޮތްތައް ވިސްނޭ ސިކުނޑީގައި އެވަރުގެ ތެތްކަން ހުރި ދިވެހިން މިޤައުމުގައި އެބައުޅެ އެވެ.
ރަސްމާލެ ޕްރޮޖެކްޓަކީ މަނިކުފާނު ރައްޔިތުންގެ ބޮލަށް ޗިޕް ޖައްސަވަން ތިޔަ އުޅުއްވާގޮތަށް ރައްޔިތުންގެ ޖީބަށް ”ކުއިކް ކޭޝް“ ވަންނާނެ ޕްރޮޖެކްޓެއްނޫންކަން ރާއްޖޭގެ ”އިންޓެލެކްޓުންނަށް“ އެނގެ އެވެ.
އެކަމަކު މަނިކުފާނާއި މަނިކުފާނުގެ ބައިވެރިންގެ ޖީބަށް ”ކުއިކް ކޭޝް“ އެބަވަދެ އެވެ.
العبار ގެ އަނގައިން އެކަންވަނީ ފަޅާއަރާފަ އެވެ.
ނަމަވެސް މަނިކުފާނަކީ މިއަދު މިޤައުމުގެ ރައީސެވެ.
ތިންބާރުގެ ބާރުވެރިކަން މިއަދު އޮތީ މަނިކުފާނުގެ މުށުރޭގަ އެވެ.
މިއަދު ތިޔަކުރައްވަން އުޅުއްވަނީ މަނިކުފާނުގެ ޙަޔާތުގައިވެސް އެޅުއްވޭނެ އެންމެ ބޮޑު ޅައެއްޗެވެ.
ތިޔަގޮތަށް ތިޔަކަން ނުކުރައްވާށެވެ.
މަނިކުފާނުގެ ވެރިކަމުގެ ގެރެންޓީ ހަމަވާން ވަރަށް ގާތްވެއްޖެ އެވެ.
ވީމާ ދެވަނަދުއުރެއް ހޯއްދަވަން އަމިއްލަ ފަޔަށް ބަޑިނުޖައްސަވާށެވެ.
މަނިކުފާނުގެ ވަށައިގެން ވިއްދާފައި ހުރި ކައްތިރިތައް ވަރަށް އަވަހަށް ނެއްޓެން ފަށާނެ އެވެ.
ޑޮމިނޯތައް މިހާރުވެސް ވެއްޓެން ފަށައިފި އެވެ.
ވީމާ ،محمد علي العبار އަތުން ނަންގަވާފައިވާ ފައިސާތައް އޭނާއަށް ރައްދުކޮށް މިކަން މިގޮތަށް ވާކަށް ނެތޭ ކެރިގެން ވިދާޅުވާށެވެެ.
އެހެންނޫނީ ނަގަމުންދާ ރާޅު އެއްރާޅަށްވުރެ އަނެއްރާޅުބޮޑުވެފައި ބިޔަވާނެ އެވެ.
މުޒާހަރާނުކޮށް މަގުތަކާއި ބިންފަސާދަނުކޮށް މިކަން ނިންމެން އެބައޮތެވެ.
ތެދުވެރިވާށެވެ. އަމާނާތްތެރިވާށެވެ.“

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.