ޕްރިންސް ވިލިއަމް އިންޑިއާއަށް ކުރައްވާ ދަތުރުގައި ކޭޓް ބައިވެރިވާނެ

ޕްރިންސް ވިލިއަމް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑްލްޓަން ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށްފަހު ބޭރަށް ކުރައްވާ އެންމެ މުހިންމު ދަތުރުފުޅަކަށް މި ދަތުރުފުޅު ވެގެންދާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކަމަނާ އިންޑިއާއަށް ވަޑައިގަންނަވަނީ މި ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރިންސް ވިލިއަމްގެ އަހަރީ ”އާތުޝޮޓް ޕްރައިޒް“ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އުމުރުފުޅުން 44 އަހަރުގެ ވިލިއަމް އާއި ކޭޓް ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި މުމްބާއީގައި ބާއްވާ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ ތެރޭގައި އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ހިމެނެ އެވެ.

ކޭޓް 2024 ވަނަ އަހަރު ކެންސަރުގެ ބާވަތެއް ދެނެގަތުމަށްޓަކައި ކުރެއްވި ”ޕްރިވެންޓޭޓިވް ކީމޯތެރަޕީ“ ފަރުވާއަށްފަހު މިއީ އެކަމަނާ ޤައުމުން ބޭރަށް ކުރައްވާ އެންމެ ފާހަގަކޮށްލެވޭ ދަތުރުފުޅެވެ.

ބަލިން ފަސޭހަވަމުން އައި ނަމަވެސް އެ ބަލީގެ ސަބަބުން އަދިވެސް އާންމު ދިރިއުޅުމަށް އަސަރުކުރާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ބައްޕާފުޅު ކިންގް ޗާލްސްއެކޭ އެއްފަދައިން ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކުރެއްވުމަކީ ޕްރިންސް ވިލިއަމް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމުގެ މަގުސަދުގައި ”އާތުޝޮޓް ޕްރައިޒް“ އިފްތިތާހު ކުރެއްވީ 2020 ވަނަ އަހަރު އެވެ.

މި އެވޯޑުގެ ދަށުން ހޮވޭ ފަސް ފަރާތަކަށް އެ ފަރާތްތަކުގެ މަޝްރޫއުތައް ފުޅާކުރުމަށް ކޮންމެ ފަރާތަކަށް 1 މިލިއަން ޕައުންޑް (1.3 މިލިއަން ޑޮލަރު) ދެވެ އެވެ.

ކެންސިންގްޓަން ޕެލަސްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ޕްރިންސް ވިލިއަމްގެ އަމާޒަކީ ”އާތުޝޮޓް“ މެދުވެރިކޮށް މާޔޫސްކަމުގެ ބަދަލުގައި އުންމީދު އާކޮށްދިނުމެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް ނުރައްކާތެރި ނަމަވެސް އެކަންކަން ހައްލުކުރުމަށް ބޭނުންކުރާ އައު އީޖާދުތަކާއި ސާބިތުކަމާއި އުފެއްދުންތެރިކަމަކީ އެއަށްވުރެ މާ ވަރުގަދަ ބާރެއްކަން ދައްކުވައިދިނުމަކީވެސް މި އެވޯޑުގެ މުހިންމު މަގުސަދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.