
ނޮވެންބަރު 28 ގައި ބައި-އިލެކްޝަން ތަކެއް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ބައި-އިލެކްޝަން 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް މި ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 116 ވަނަ މާއްދާގެ (ޅ) ގެ ދަށުން ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކަ އެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ، ޤާވާޢިދު ނަންބަރު 2024/R-19 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ޤަވާޢިދު) ގެ 103 ވަނަ މާއްދާގެ ދަށުން، ހުސްވެފައިވާ، ހއ. ވަށަފަރު، ނ. ކުޑަފަރި، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކަ އެވެ.
ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 2026 އޮކްޓޫބަރު 11 ވީ އާދީއްތަ ދުވަހުން ފެށިގެން، 2026 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ މިކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް މި މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެ އެވެ.
މި މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 14:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށް މައި-ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ނުވަތަ މައްސަލަތައް ފޮނުވަން ބޭނުންވާ ފަރާތްތަކަށް ”ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް complaints@elections.gov.mv ފޮނުވުމަށް މިހާރު ވަނީ ހުޅުވާލެވިފަ އެވެ.
ފޯމު މި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގައެވެ.
ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން 2026
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026



