
ޝުކުރުވެރިވުމަކީ ރިޒްޤު އިތުރުވާ ކަމެއް
ސޫރަތު އިބްރާހީމްގައި ރިޒްޤާ ގުޅިފައިވާ މުހިންމު އަސާސެއްވެ އެވެ. އެއީ މުއުމިނުން ޝުކުރުވެރިވާނަމަ، ﷲ އެމީހުންނަށް އިތުރުކޮށްދެއްވާނެ ކަމަށް ކުރައްވާފައިވާ ވަޢުދެވެ. އަދި ނިޢުމަތްތަކަށް އިންކާރުކޮށް ޝުކުރުވެރިނުކުރާނަމަ ހުރި ގަދަފަދަ ޢަޛާބުގެ އިންޒާރެވެ.
މީގެން އެނގެނީ ރިޒްޤާ މެދު އިންސާނާގެ އިޙްސާސްތައް ހުންނަ ގޮތުން (ޝުކުރުވެރިވުން ނުވަތަ ނުވުން) އެއީ އެމީހެއްގެ ދިރިއުޅުމުގައި ބަރަކާތް އިތުރުވުމާ ގުޅުންހުރި ކަމެވެ.
ޢަމަލީ ގޮތުން ބަލާއިރު، މީގެ މާނައަކީ އިތުރު މިންވަރަކަށް އެދި މަސައްކަތްކުރާ ހިނދުވެސް، މިހާރު ލިބިފައިވާ ނިޢުމަތްތައް ފާހަގަކޮށް ﷲ އަށް ޝުކުރުވެރިވުމެވެ.
މިއީ ނެތް އެއްޗަކާ މެދު ހާސްވެ ކަންބޮޑުވުމުގެ ބަދަލުގައި، ލިބިފައިވާ މިންވަރަށް ޝުކުރުވެރިވެ، އިތުރުވުމަށް އުންމީދުކުރުމުގެ
އަތުގައި އޮތް މޮބައިލް ފޯނާއި ދުއްވާ ސަވާރީ އާއި ލާ އައްނައުނާއި ޞިއްޙާތުގެ އިތުރުން ފެނުމާޢި އިވުމާއި ރަހަލުން ފަދަ އިޙްސާސް ތަކަކީ ވެސް ހާދަހާ ވާބޮޑު ނިޢުމަތެކެވެ. އެހެނީ ދުނިޔޭގެ އެތައްބަޔަކު އެނިޢުމަތްތަކުން ވަނީމަޙްރޫމުވެފަ އެވެ.
ﷲގެއަޅާ އެވެ. ތިބާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވެލުމުގެ ގޮތުން އެންމެ ފަހަރަކު ނަމަވެސް ހިތުގެ އަޑިން الحمدلله ކިޔާލާށެވެ.
މާތް ﷲ ވަޙީކުރައްވާފައުވެ އެެވެ.
لَئِن شَكَرْتُمْ لَأَزِيدَنَّكُمْ
”ތިޔަބައިމީހުން ޝުކުރުވެރިވެއްޖެނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (ނިޢުމަތްތައް) އިތުރުކޮށްދެއްވާހުށީމެވެ.“



