އިންޑިޔާގެ ރެޑްފޯޓްގެ ކާރެއްގައި ބާރުގަދަ އެއްޗެއް ގޮވައި 8 މީހުން މަރުވެއްގެ

އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ރެޑްފޯޓް ކައިރީގައި ކާރެއްގައި ބާރުގަދަ އެއްޗެއް ގޮވައި، 8 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ. ޚަބަރުތައް ބުނާގޮތުގައި އެއްޗެއް ގޮވާފައިވަނީ އެސަރަހައްދުގައި އޮތް ކާރެއްގައެވެ.
އިންޑިޔާގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ހޯމަދުވަހު ހިނގި މި ހާދިސާގައި 8 މީހުން މަރުވުމުގެ އިތުރުން 20 މީހުން ވަނީ ޒަޚަމްވެފައެވެ. ކާރު ގޮވަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެ އެވެ. އަދި މި ހާދިސާގެ ސަބަބުން ދިއްލީއާއި އެންމެ ކައިރީގައި އޮންނަ އުއްތަރު ޕްރަދޭޝްއާއި މުމްބައިގައި ވެސް ވަނީ ސެކިއުރިޓީ ވަރުގަދަ ކުރެވި އެލާޓްއަށް ގެނެވިފައެވެ. މީގެ އިތުރުން އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ މުޙިއްމު ތަންތަން ވެސް އެލާޓްއަށް ގެނެވި، އެސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވާ ކަމަށް އިންޑިޔާގެ ސެންޓްރަލް ޕޮލިސް ފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އާންމުވެފައިވާ މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރޫބާރޫބޮޑު މަގެއްގައި ކާރު ގޮވުމުގެ ސަބަބުން އެސަރަހައްދުގައި ޕާކުކޮށްފައިވާ ގިނަ އަދެދެއްގެ ކާރުވެސް ވަނީ ހަލާކުވެފަ އެވެ. ކާރު ގޮވުމުގެ ސަބަބުން އެސަރަހައްދުގައިވާ އިތުރު 6 ކާރާއި 3 އޮޓޯރިކްޝާގައި ވެސް ހުޅުހިފައި، ހަލާކުވެފައި ވެއެވެ.
ދިއްލީގެ ޕޮލިސް ކޮމިޝަނަރ ސަތިޝް ގޮލްޗާ ބުނެފައިވަނީ، މަޑުމަޑުން ދުއްވާފައި އައި ކާރެއް ރަތް ލައިޓަށް ހުއްޓި ކަމަށާއި، އެއްޗެއް ގޮވާފައިވަނީ އެކާރުގައި ކަމަށެވެ. އަދި އެއާއެކު ކައިރީގައިވާ އެހެން ވެހިކަލްތަކުގައި ވެސް ހުޅުހިފައި ރޯވީ ކަމުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.