5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކް މާދަމާ ދައުރުކުރަން ފަށަނީ

ބާޒާރުގައި ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން އެ ނޫޓު ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ، ފަސް ރުފިޔާގެ އާ ސްޓޮކެއް ރާއްޖެ ގެނެސް މާދަމާއިން ފެށިގެން ދައުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މިއަދު ރާއްޖެ ގެނައި ފަސް ރުފިޔާގެ މި ސްޓޮކަކީ އެ އޮތޯރިޓީން ތައާރަފުކުރި ”ރަންދިހަފަހެއް“ ނޫޓު ސީރީސްގެ ފަސް ރުފިޔާ 2017 ވަނަ އަހަރު ނެރުނު ފަހުން، އޭގެ އާ ސްޓޮކެއް ރާއްޖެ ގެނައި ފުރަތަމަ ފަހަރެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމްއެމްއޭއިން ބުނީ، ރާއްޖޭގެ އިގްތިޞާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދުވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ފަސް ރުފިޔާގެ ނޫޓަކީ އާންމުންގެ ދުވަހީ މުއާމަލާތްތަކަށާއި ވިޔަފާރިތަކަށް އެ އޮތޯރިޓީން ގިނަ އަދަދަކަށް ދޫކުރަމުންދާ، ބޭނުންތެރި ނޫޓެއްކަން ވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

މާދަމާއިން ފެށިގެން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި އާ ނޫޓުތަކުގައި ޖަހާފައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. މީގެއިތުރުން، މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.

މިފަހަރު ނެރޭ ފަސް ރުފިޔާގެ އާ ނޫޓުގެ ހާއްސަ ސިފަތަކަށް ބަލާއިރު، ދިވެހި ރުފިޔާގެ ރަސްމީ ނިޝާން މި ނޫޓުގައި ވަނީ އަލަށް ހިމަނާފައެވެ. މި އާ ސްޓޮކް ދައުރުވާން ފެށުމުން ބާޒާރުގައި ކުދި ފައިސާގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.