
ހިމަންދޫ ސުކޫލު އަންހެން ދަރިވަރުންނަށް ސެލްފް ޑިފެންސް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފި
އއ. ހިމަންދޫ ސުކޫލު އަންހެން ދަރިވަރުންނަށް ސެލްފް ޑިފެންސް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 12ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ތަމްރީނަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.
މި ތަމްރީނުގައި، ދަރިވަރުންގެ މެދުގައި އަމިއްލަ ނަފުސުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ދިފާއުވާނެ އަސާސީ އުކުޅުތައް ދަސްކޮށްދީފައިވެއެވެ.
މި ތަމްރީނު ކުރިއަށް ގެންގޮސްފައިވަނީ ހިމަންދޫ ޕޮލިހާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެންނެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެންކުދިން ބާރުވެރިވުމާއި، އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި، އަމިއްލަ ނަފުސުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިތްވަރުލިބިގެން ދާނެއެވެ.



