ރުޅި އައިސްގެން ކުރާ ވަރީގެ ޙުކުމް

ރުޅި އައިސްފައި ހުރެގެން ކުރާ ވަރީގެ ޙުކުމަކީ ކޮބައިތޯ؟
الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:

ރުޅީގައި ތިން ޙާލަތެއް ވެއެވެ. އެއީ:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
  1. މީހާގެ ޝުޢޫރު ގެއްލި މޮޔަ މީހެއް ފަދައިންވާ ވަރަށް ރުޅިގަދަވުން. މިފަދަ ޙާލަތުގައި ވަރި ނުވާނެ ކަމަށް ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ. ސަބަބަކީ އެމީހަކީ ބުއްދި ފިލައި ގޮސްފައިވާ މޮޔަ މީހެއް ފަދަ މީހަކަށްވާތީވެއެވެ.
  2. ރުޅިގަދަވީނަމަވެސް، ތިމާ އަށް ކިޔޭ ނުކިޔޭ އެނގޭވަރަށް ރުޅިއައުން. ނަމަވެސް، ރުޅިގަދަ ވެއްޖެނަމަ، ތިމާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވި އަތުން ފައިން ގޯސް ހެދޭ ވަރުވުން. މިފަދަ މީހާ ކުރާ ވަރި ވަރިއަކަށް ވާނެތޯ ނުވަތަ ނޫންތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ރާޖިޙް ގޮތަކީ ވަރި ނުވުމެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لا طَلاقَ وَلا عَتَاقَ فِي إِغْلاقٍ ) رواه ابن ماجه (2046) وصححه الألباني في الإرواء (2047)  މާނައަކީ: ”މަޖްބޫރީ ޙާލަތުގައްޔާއި، ރުޅިގަދަވެފައި ހުންނަ ޙާލަތުގައި ވަރި ކުރުމެއް، އަޅުން މިނިވަން ކުރުމެއް ނެތެވެ.“
  3. އާދައިގެ ވަރަކަށް ރުޅިއައުން. މިފަދަ ޙާލަތުގައި ކުރާ ވަރި ވަރިއަކަށް ވާނެ ކަމަށް ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ.

މިއީ، މިމައްސަލާގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އާއި އިބްނުލް ގައްޔިމް ރަޙިމަހުމަﷲ- ދެއްވާފައިވާ ތަފްޞީލެވެ. والله أعلم

ޖަވާބު ދެއްވީ . ޑރ. މުޙައްދަމު ޢިޔާޟް ޢަބްދުއްލަޠީފ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.