އިންޑިއާގެ ’ކޮކްރޯޗް‘ ހަރަކާތުގެ ބާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ ’ކޮކްރޯޗް‘ ހަރަކާތުގެ ބާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއެއްގެ ކުރިން އަބީޖީތު ދިޕްކޭ އާއި ދަރިވަރުންގެ ލީޑަރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހައްޔަރުކޮށްފައިވާ ދެ އެކްޓިވިސްޓުން މިނިވަންކުރުމަށް ގޮވާލައި ނިއުދިއްލީގައި ކުރިއަށްދާ މުޒާހަރާގައި ބައިވެރިވުމަށް އެތައް ސަތޭކަ ބަޔަކު އެއްވަމުންދަނިކޮށް ކޮކްރޯޗް ޖަންތާ ޕާޓީ ގެ ބާނީ އާއި ދަރިވަރުންގެ ލީޑަރުންގެ އިތުރުން އެ ހަރަކާތަށް ތާއީދުކުރާ ބައެއް މީހުން އިންޑިއާގެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ސީ.ޖޭ.ޕީ ގެ ބާނީ އަބީޖީތު ދިޕްކޭ ހައްޔަރުކުރީ ހުކުރު ދުވަހު މެދުތެރޭ ދިއްލީގައި ހުރި ގެއަކުން ނުކުތް ވަގުތު އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ފުލުހުންނާ ދެމެދު ހިނގި ކުޑަ ބަހުސަކަށްފަހު ފުލުހުން އޭނާ ގަދަކަމުން ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔައީ އެވެ.

”އަބީޖީތު ވަނީ ދިއްލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި“ ސީ.ޖޭ.ޕީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ. ”މި ސަރުކާރު މިވަނީ ޒުވާނުން ގައުމީ ދިދަ ހޫރުވާތީ ވަރަށް ބޮޑަށް ބިރުގަނެފައި.“

މި މުޒާހަރާތަކުގައި އިސްކޮށް އުޅޭ ދަރިވަރު އެކްޓިވިސްޓެއް ކަމަށްވާ ނޭހާ ބޯރާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާ ހައްޔަރުކުރީ މުޒާހަރާގެ ބައިވެރިން އެއްވާ މައި މަރުކަޒެއް ކަމަށްވާ ކޮނޮޓް ޕްލޭސްއަށް ދިއުމަށް މަސައްކަތް ކުރަނިކޮށެވެ.

ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ ސަޗިން ޝަރްމާ ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިޕްކޭ އާއި ބޯރާ ހައްޔަރުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މި ހައްޔަރުކުރުންތައް ހިނގާފައިވަނީ އިންޑިއާގެ އިލެކްޝަން ޗީފް ގައިނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި އިސްލާހުތަކަކާ ގުޅިގެން ކުމާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެ އިސްލާހުތަކަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ އަށް ފައިދާވާ ގޮތަށް ގެނައި ބަދަލުތަކެކެވެ.

ބީ.ޖޭ.ޕީ އިން ތުހުމަތު ކުރާ ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އިންތިޚާބީ ސައްހަ މަރުހަލާތަކާ މެދު ސުވާލު އުފައްދައި ޑިމޮކްރަސީ ބަލިކަށި ކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.