
ނަރަކައިން ސަލާމަތްވާން ކުރެވިދާނެކަންކަން
ލިޔުއްވީ: الشيخ أبو عبد الله عبد الرحيم المدني
الحمد لله، الصلاة و السلام على نبينا محمد و آله وصحبه أجمعين.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
(إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ) سورة النساء : 56
”ހަމަކަށަވަރުން ތިމަންއިލާހުގެ އާޔަތްތަކަށް(އެބަހީ: ހެއްކާއި ޤަރީނާތަކާއި އާޔަތްތަކައި، ފިލާވަޅުތަކާއި ޢަލާމަތްތަކާއި އަދި އެއިލާހުގެ ބާވާލައްވާފައިވާ ތަކެއްޗަށް) ކާފަރުވެގަންނަ މީސްތަކުން ތިމަންއިލާހު އެބައިމީހުން ނަރަކައަށް ވައްދަވާހުށީމެވެ. އަދި އެބައިމީހުންގެ ހަންތައް ރޯފިލައި ފިހުމުން އަނެއްކާވެސް އެހެންހަންގަނޑެއް އެބައިމީހުންގެ ހަށިގަނޑު ލައްވައެވެ. އެއީ އެބައިމީހުންގެ އަޛާބު ގަދަފަދަ ކުރެއްވުމަށްޓަކައެވެ…“
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ) رواه البخاري 1351
މާނައީ: ”ނަރަކައަށް ބިރުވެތިވާށެވެ. އަދި ކަދުރުފަޅިއަކުން ޞަދަޤާތްކޮށްގެން (ނަމަވެސް އެއިން މިންޖުވާށެވެ.)
އެނަރަކައިން ސަލާމަތްވެވެން ކުރެވުނު ހުރިހާ ކަމެއް ކުރަންޖެހެއެވެ. އަދި ﷲ އަށް ދަންނަވައި ހެޔޮޢަމަލުކޮށް ޞަދަޤާތްކޮށް ނަރަކައިން މިންޖުކޮށްދެއްވާތޯ ދުޢާކުރަންޖެހެއެވެ. އެހެނީ ދާއިމީގޮވައްޖެއްގެ ގޮތުގައި ޤަރާރުވާން އެއީ ނުބައިވެގެންވާ ތަނެކެވެ.
އަންނަނިވި ޙަދީޘްތަކާއި މެދު ވިސްނާ ފިކުރު ހިންގާށެވެ.
ނަރަކައިން މިންޖުކޮށްދެއްވުން އެދި ދަންނަވައިފިނަމަ ތިބާގެ މައްޗަށް އެއިން މިންޖުކޮށްދެއްވުން އެދި ދުޢާކުރެވެއެވެ.
(عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :مَنْ سَأَلَ الْجَنَّةَ ثَلَاثَ مَرَّاتٍ قَالَتْ الْجَنَّةُ اللَّهُمَّ أَدْخِلْهُ الْجَنَّةَ وَمَنْ اسْتَجَارَ مِنْ النَّارِ ثَلَاثَ مَرَّاتٍ قَالَتْ النَّارُ اللَّهُمَّ أَجِرْهُ مِنْ النَّارِ) رواه ابن ماجه (4340) وصححه الألباني.
މާނައީ: އަނަސްބިން މާލިކު رضي الله عنه ރިވާކުރައްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ.
”މީހަކު ﷲ ގެ ޙަޟްރަތުން ތިންފަހަރު ސުވަރުގެ ވެއްދެއްވުން އެދި ދަންނަވައިފިނަމަ ސުވަރުގެ ދަންނަވާނެއެވެ. އޭ ﷲއެވެ. އޭނާ ސުވަރުގެ ވައްދަވާށިއެވެ. އަދި މީހަކު ތިން ފަހަރު ނަރަކައިގެ ކިބައިން މިންޖުކޮށްދެއްވުން އެދި ދުޢާކުރުމުން ނަރަކަ ދަންނަވާނެއެވެ. އޭ ﷲއެވެ. އޭނާ ނަރަކައިން މުއްތިކުރައްވާށިއެވެ.“
ރޯދަހިފުމުން ނަރަކައިގެ އަލިފާނުން ދުރުކޮށްދެއެވެ.
(عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَعَّدَ اللَّهُ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا.) رواه البخاري ومسلم.
އަބޫ ސައީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ އަޑުއެއްސެވީމެވެ. ”ﷲގެ މަގުގައި އެއިލާހަށްޓަކައި ރޯދައެއްހިފައިފިމީހާގެ މޫނު ހަތްދިހައަހަރަށް (އޭނާގެ އަމަލުގެ ސަބަބުން) ނަރަކައިގެ އަލިފާނުން ދުރުކުރައްވާނެއެވެ.“ (ހަތްދިހަ އަހަރުގެ މުރާދަކީ: ދަތުރުކޮށްފައިދެވޭ ދުރުމިން).
ދެން ތިބާ ނަރަކައަށް ވަދެއްޖެނަމަ ތިބާގެ ސުވަރުގޭގެ މަންޒިލު އެތަނުގެ އަހުލުވެރިންނަށް ވާރުތަވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(مَا مِنْكُمْ مِنْ أَحَدٍ إِلَّا لَهُ مَنْزِلَانِ مَنْزِلٌ فِي الْجَنَّةِ وَمَنْزِلٌ فِي النَّارِ فَإِذَا مَاتَ فَدَخَلَ النَّارَ وَرِثَ أَهْلُ الْجَنَّةِ مَنْزِلَهُ فَذَلِكَ قَوْلُهُ تَعَالَى ( أُولَئِكَ هُمْ الْوَارِثُونَ) سورة المؤمنون: 10 ) رواه ابن ماجه: 4341 و صححه الألباني.
މާނައީ: ”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް ދެމަންޒިލު ލިބިގެންވެއެވެ. އެއީ ސުވަރުގޭގައިވާ މަންޒިލާއި އަދި ނަރަކައިގައިވާ މަންޒިލެވެ. ދެން އެމީހާ މަރުވުމަށްފަހު، ނަރަކައަށް ވަދެއްޖެނަމަ، ސުވަރުގޭގެ އަހުލުވެރިންނަށް އޭނާގެ ސުވަރުގޭގެ މަންޒިލު ވާރުތަވެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލަގެ މިބަސްފުޅުގައިވާ ފަދައިންނެވެ. ( أُولَئِكَ هُمْ الْوَارِثُونَ) (މާނައީ: އެބައިމީހުންނަކީ ވާރުތަވެރީންތަކެކެވެ)“
اللهم أجرنا من النار. ولا حول ولا قوة إلا بالله.
وصلى الله وسلم على نبينا محمد و آله و صحبه أجمعين.



