
ދުނިޔޭގެ އެންމެ ޗާލު 10 މިސްކިތް
މިސްކިތަކީ އިސްލާމުންގެ އެންމެ މުޙިއްމު އެއް ޝިޢާރެވެ. މުސްލިމުން އަޅުކަންކުރާ ތަނަކީ މިސްކިތެވެ. އެހާރާއި މިހާރުގެ މިސްކިތްތަކަކީ މުސްލިމުުންގެ ޙަޟާރަތު ވަރަށް ރަނގަޅަށް ދައްކކުވައިދޭ ތަންތަނެވެ. މުސްލިމުންނަކީ އެމީހުންގެ އާރާއި ބާރު ގަދަ، ދުނިޔޭގެ ނިސްބަތުން ޤަދަރާއި ޝަރަފު އުފުލިގެންވާ ބައެއްކަމުގައި އެބިނާތަށް ހެކިދެއެވެ. ދުނިޔޭގައި މިވަގުތުހުރި އެންމެ ޗާލު 10 މިސްކިތަށް ބަލާލަމާތޯއެވެ.
1-	މަސްޖިދު އަލް ޙަރާމް – މައްކާ، ސައުދީ ޢަރަބިޔާ

މަސްޖިދް އަލް ޙަރާމަކީ މުސްލިމުން އެތަނަށްގޮސް ޙައްޖުވާ މިސްކިތެވެ. އެއީ ކައުބަތުﷲ ގެފުޅު ހުރިތަނެވެ. 1.5 މިލިއަން މީހުނަށް އެއްފަހަރާ އަޅުކަންކުރެވޭ މި މިސްކިތުގެ ބޮޑުމިނަކީ 356،000 ސްކްޔާރ މީޓަރެވެ. އަދިވެސް މިމިސްކިތް ގެންދަނީ ބޮޑުކުރަމުންނެވެ.
2-	މަސްޖިދް އައްނަބަވީ – މަދީނާ، ސައުދީ ޢަރަބިޔާ

މަސްޖިދް އައްނަބަވީއަކީ، ރަސޫލު ﷲ ﷺގެ މިސްކިތްކޮޅެވެ. މަދީނައިގާއި ހުންނަ މި މިސްކިތުގައި އެއްފަހަރާ 1މިލިއަން މީހުނަނަށް ނަމާދު ކުރެވެއެވެ. މިއީ އެންމެ ފުރަތަމަ އިސްލާމީ ވެރިކަން ފެށިގެންއައި ތަނެވެ.
3-	މަސްޖިދް މުޙައްމަދު ޢަލީ – މިސްރު

މަސްޖިދް މުޙައްމަދު ޢަލީ މިސްކިތަކީ މިސްރުގެ ކައިރޯ ގައި ހުންނަ މިސްކިތެކެވެ. މިމިސްކިތް އަޅާފައިވަނީ 1830 ހާއި 1848 އާއި ދެމެދުއެވެ. މިމިސްކިތުގައި އެއްފަހަރާ 10،000 މީހުުންނަށް ނަމާދު ކުރެވެއެވެ.
4-	ޑޯމް އޮފް ދަ ރޮކް – ޤުދުސް، ފަލަސްޠީން

ޑޯމް އޮފް ދަ ރޮކް މިއީ ފަލަސްޠީނުގެ ޤުދުސްގައި ހުންނަ ތަނެކެވެ. މިއީ ސުލައިމާނުގެފާނުގެ ޒަމާނާ ގުޅުން އޮތް ތަނެކެވެ.
5-	ސުލްތާން ޢުމަރް ޢަލީ ސައިފުއްދީން މިސްކިތް – ބުރުނާއީ
6-	ބާދްޝާހީ މިސްކިތް – ލާހޫރް، ޕާކިސްތާން

ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ބާދްޝާހީ މިސްކިތަކީ އެއްލައްކަ މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެކެވެ. އޯރެންޒޭބްގެ ރަސްކަމުގައި އަޅާފައިވާ މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 1671 ވަނައަހަރުއެެވެ. މި މިސްކިތް ހަދަން ހޭދަވީ 2 އަހަރު ދުވަހެވެ.
7-	ގޮލްސަރިފް މިސްކިތް – ކަންޒާ، ރަޝިއާ

ޔޫރަޕުގައި ހުރި އެންމެ ބޮޑު މިސްކިތް ކަމުގައި ބެލެވޭ ގޮލްސަރިފް މިސްކިތް ހުންނަނީ ރަޝިއާގެ ކަންޒާގައެވެ. މި މިސްކިތް އަޅާފައިވަނީ 16ވަނަ ގަރުނުގައި އުސްމާނީ ޚިލާފަތުގައެވެ. މި މިސްކިތުގައި އެއްފަހަރާ ނަމާދު ކުރވެނީ 6،000 މީހުންނަށެވެ.
8-	ކްރިސްޓަލް މިސްކިތް  – މެލޭޝިއާ

މެލޭޝިއާގައި ހުންނަ ކްރިސްޓަލް މިސްކިތަކީ 1500 މީހުންގެ ޖާގަ އޮންނަ މިސްކިތެކެވެ. މި މިސްކިތް އަލާފައިވަނީ 2006ން 2008އާ ދެމެދުއެވެ. ރަސްމީކޮށް މި މިސްކިތް ހުޅުވީ 8 ފެބްރުއަރީ 2008ގައެވެ.
9-	ދަ ބްލޫ މިސްކިތް – އިސްތަންބޫލް، ތުރުކީ

ދަ ބްލޫ މިސްކިތް މިއީ ތުރުކީގެ ވެރިކަންކުރާ އިސްތަންބޫލުގައި ހުންނަ މިސްކިތެކެވެ. 1609ން 1616އާދެމެދު ބިނާކޮށްފައިވާ މި މިސްކިތުގައި އަތުކުރެހުން އަޅާފައިވާ ވިހި ހާހައްވުރެގިނަ ތަށިމުށިގަނޑު ހުރެއެވެ. މިތަނުގައި 10،000 މީހުނަށް ފަސޭހަކަމާއެކު އެއްފަހަރާ ނަމާދުކުރެވެއެވެ.
10-	ޝޭޚް ޒައިދް ބޮޑު މިސްކިތް – އަބޫ ދާބީ

އަބޫ ދާބީގައި ހުންނަ ޝޭޚް ޒައިދް ބަޑު މިސްކިތަކީ 1996 ކާއި 2007 ކާއި ދެމެދު ބިނާކުރެވިފައިވާ މިސްކިތެކެވެ. 2 ބިލިއަން ދިރުހަމްގެ އަގުހުރި މި މިސްކިތް ހުޅުވާފައިވަނީ 20 ޑިސެމްބަރ 2007 ގައެވެ. މި މިސްކިތުގައި ލައިބްރަރީއެއް ހުރެއެވެ. އެތަނުގައި 200އަހަރަށްވުރެ ދުވަސްވީ އިސްލާމީ އާޘާރުތައް ހުރެއެވެ. މިތަނުގައި 41،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވެއެވެ.
މިސްކިތުގެ އަހައްމިއްޔަތާއި އެތަނުން މުސްލިމުންނަށް ހޯދޭ ފައިދާތައް، މިއަދުގެ މިސްކިތްތަކުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދޭތޯ މިއީ ކޮށްލުން އެންމެ-ރަނގަޅު ސުވާލެކެވެ. ޔަޤީންވާ އެއްކަމަކީ މިއަދު ދުނިޔެ ދެކެމުންދާ ޢުމްރާނީ ކުރިއެރުމާ މާއްދީ ތަރައްޤީގެ ސަފުގައި މުސްލިމުން ބިނާކުރާ މިސްކަތްތައްވެސް ފަސޭހަކަމާއެކީ ހިމަނާލެވޭކަމެވެ. އިސްލާމީ ފަންނުތަށް ދައްކުވައިދޭ ގިނަ ޢަދަދެއްގެ މިސްކިތްތަށް މިޒާމަނުގައި ތަރައްޤީކުރެވެމުން އެބަދެއެވެ. މިސްކިތަށް ހޭދަކުރުމުގެ މާތްކަން މުސްލިމް ވިޔަފާރިވެރިންގެ ހިތްތަކުން ޖާގަހޯދުން ވެގެންގޮސްފައިވަނީ މިސްކިތް ބިނާކުރުމުގައި ވާދަވެރިކަންވެސް އުފެދިފައިވާ ކަމެއްގެ ގޮތުގައެވެ. އަލަށް މިސްކިތް އަޅާ ކޮންމެ މީހަކުމެދަނީ ކުރިން ނެތްވަރުގެ ރީތި މިސްކިތެއް އެޅޭތޯ ބަލަމުންނެވެ.
ރީތި މިސްކިތްތަކެއް ލިބުމަކުން އަދި މުޅިން ނިމިނީއެއްނޫނެވެ. އެތަންތަނަށް އަރާ ނަމާދުކުރާނެ ބަޔަކު ތިބެން ޖެހެއެވެ. މިއަދު ވަރަށްގިނަ މުސްލިމުންނެއް ނަމާދާފޭވެފައިވާކަމީވެސް ހިތާމަހުރި ކަމެކެވެ. މުސްލިމުންގެ ހިތްތަކުގައި މިސްކިތް ބިނާކުރެވޭ ދުވަހަކީ މިކަން ޙައްލުވާނެ ދުވަހެވެ.



