އިނގިރޭސިވިލާތުގެ ޕްރިންސްގެ ދެކަނބަލުން މޯދީއާ ބައްދަލުކޮށްފި

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބުދަ ދުވަހު ބައްދަލުކޮށްފި އެވެ.

ތިން ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރި ރަސްމީ ދަތުރު ނިންމާލުމުގެ ކުރިން ބޭއްވި މި ބައްދަލުކުރުގައި ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕްރިންސް ވިލިއަމް މުމްބާއީގެ ފިލްމު ސްޓޫޑިއޯއަކަށް ޒިޔާރަތްކޮށް ބޮލީވުޑްގެ ނެށުންތައް ބަލާލިއިރު، ކޭޓް ވަނީ އެ ސިޓީގެ މެޓާނިޓީ ހޮސްޕިޓަލަކަށް ޒިޔާރަތްކޮށްފަ އެވެ.

އެއަށްފަހު ދެމަރިފިން ވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރުމަށް ނިއުދިއްލީއަށް ގޮސްފަ އެވެ.

މި ބައްދަލުކުރުމުގައި އިނގިރޭސިވިލާތާއި އިންޑިއާގެ ގުޅުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދެއްކި އެވެ. އަދި އަންގާރަ ދުވަހު މުމްބާއީގައި ބޭއްވި ވިލިއަމްގެ ”އާތުޝޮޓް ޕްރައިޒް“ އިނާމު ދިނުމުގެ ރަސްމިއްޔާތަށް މޯދީ ވަނީ ތައުރީފު ކޮށްފަ އެވެ.

”އިންޑިއާ އާއި އިނގިރޭސިވިލާތުގެ ސްޓްރެޓީޖިކް ޕާޓްނަޝިޕް އިތުރަށް ވަރުގަދަކޮށް ދާދި ފަހުން އަމަލުކުރަން ފެށި އިގްތިސާދީ އަދި ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާ ދެ ޤައުމުގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް މޯދީ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

ކެންސިންގްޓަން ޕެލެސްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގާތް ގުޅުމާއި ކުރިމަގުގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން ވާހަކަދެކެވުނެވެ.

ބުދަ ދުވަހުގެ ކުރީކޮޅު ދެމަފިރިން ވަނީ ވަކިވަކި ހަރަކާތްތަކެއްގައި ބައިވެރިވެފަ އެވެ.

އެގޮތުން ޕްރިންސް ވިލިއަމް މުމްބާއީގެ މަޝްހޫރު ފިލްމު އުފައްދާ ކުންފުންޏެއް ކަމަށްވާ ”ދަރުމާ ޕްރޮޑަކްޝަންސް“ އަށް ޒިޔާރަތްކުރިއިރު ކޭޓް ވަނީ މުމްބާއީގެ މެދުތެރޭގައި ހުންނަ މެޓާނިޓީ ހޮސްޕިޓަލަކަށް ޒިޔާރަތްކޮށް ސިއްހީ މުވައްޒަފުންނާ ބައްދަލުކށްފަ އެވެ.

ދަރުމާ ޕްރޮޑަކްޝަންސްގެ ކާމިޔާބު ފިލްމު ”ކަބީ ހުޝީ ކަބީ ގަމް“ ގެ ލަވަޔަކަށް ނެށުންތެރިން ހުށަހަޅައިދިން ނެށުންތަކަށް ވިލިއަމް ހިނިތުންވުމާއެކު ތަރުހީބުދިނެވެ.

މި ބައްދަލުވުމުގައި އެކްޓަރު ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު ވެސް ބައިވެރިވި އެވެ.

”އެމަނިކުފާނަކީ ވަރަށް އޯގާތެރި ބޭފުޅެއް. އިންޑިއާގެ ސިނަމާގެ ކުރިމަގާ ބެހޭގޮތުންނާއި، އިންޑިއާގެ އެކި ބަސްބަހުން އުފައްދާ ފިލްމުތަކަށް މުޅި ދުނިޔޭގައި އޮތް މަގުބޫލުކަމާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދެއްކެވި،“ ކަރަން ޖޯހަރު

މިދިޔަ ހޯމަ ދުވަހުން ފެށިގެން މި ދެމަފިރިން ވަނީ މުމްބާއީގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެފަ އެވެ.

މީގެ ތެރޭގައި ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރާއެކު ކްރިކެޓް ކުޅުމާއި، އަތްތެރި މަސައްކަތް ދަސްކޮށްދޭ ސުކޫލަކަށް ޒިޔާރަތްކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވިލިއަމް އުފެއްދެވި ”އާތުޝޮޓް ޕްރައިޒް“ ދިނުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ބައިވެރިވުން ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލިއަމް ބުނީ ދުނިޔެ ހޫނުވުމުގެ ނަތީޖާ މިހާރު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށާއި ތަކުރާރުވަމުންދާ ހީޓްވޭވްތަކާއި ފެންބޮޑުވުންތަކަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅެއް ކަމަށެވެ.

މިއީ 2024 ވަނަ އަހަރު ކޭޓް ކެންސަރަށް ފަރުވާ ހޯއްދަންފެށި ފަހުން ޤައުމުން ބޭރަށް ކުރެއްވި އެންމެ މުހިންމު ދަތުރެވެ.

ކެންސިންގްޓަން ޕެލެސްގެ ތަރުޖަމާނު ބުނި ގޮތުގައި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރިއިރު އިންޑިއާއިން ދެންނެވި ހޫނު މަރުހަބާއަށްޓަކައި އެ ދެ ބޭފުޅުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.