ބަންގްލަދޭޝްގެ ބައެއް ސަރަހައްދުތައް ހުއްޓުމަކަށް އައިއްސި

ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަންނަ ޑިސެމްބަރު މަހު އެނބުރި ޤައުމަށް ވަޑައިގަތުމަށް ރާވާފައިވަނިކޮށް ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ވެރިކަންކުރާ ޕާޓީގެ ދެ މެންބަރަކު މަރުވެ ކުރީގެ ވަގުތީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސްގެ އާއިލީ ގެކޮޅުގައި ރޯކޮށްލުމާ ގުޅިގެން ޤައުމުގެ ބައެއް ސަރަހައްދުތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ޝައިޚް ހަސީނާގެ އައު ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުމަށް ސަރުކާރުން އިންކާރު ކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އަވާމީ ލީގުން ކުރިއަށްގެންދާ ހަފުތާއެއްގެ މުޒާހަރާތަކަށްފަހު މިއަދު ވަނީ މުޅި ޤައުމު ބަންދުކުރުމަށް ގޮވާލާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ހަސީނާއަށް ތާއީދުކުރާ މީހުން ގިނަ ގޯޕާލްގަންޖް އަދި ފަރީދުޕޫރު ހިމެނޭހެން ހަތް ޑިސްޓްރިކްޓެއްގައި ބަންގްލަދޭޝް ބޯޑަރ ގާޑުގެ 97 ޕްލެޓޫން ހަރަކާތްތެރިވަމުންދާ ކަމަށް އެ އިދާރާގެ ތަރުޖަމާނު ޝަރީފުލް އިސްލާމް ވިދާޅުވި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ވެރިރަށް ޑާކާއާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ޗިޓަގޮންގްގައި ހުންނަ ޔޫނުސްގެ އާއިލީ ގެކޮޅުގައި ރޯކޮށްލާފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ޕަންޗްލައިޝް ފުލުސް ސްޓޭޝަނުގެ އިސްވެރިޔާ މުޒައްމިލް ޙައްޤު ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ގޭގެ ތިރީ ބައިގައި ބޭނުންނުކޮށް ހުރި ކޮޓަރިއަކަށް އަލިފާން ހިފާ ފަދަ އެއްޗެއް އެއްލާފައިވާ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ ޔޫނުސްގެ އާއިލާގެ މެންބަރުން ސަލާމަތުން ތިބި ކަމަށެވެ.

ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު ޤައުމާ ހަވާލުވި ޔޫނުސްއާއި އޭނާގެ ސަރުކާރަށް ހަސީނާއަށް ތާއީދުކުރާ ފަރާތްތަކުގެ ނުރުހުމާއި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.