ސައި ބޯ ގޮތަކުން ހިތުގެ ދުޅަހެޔޮކަމަށް ބަދަލު އާދޭ

އަޅުގަނޑުގެ ހެނދުނުގެ އާދަކާދަތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ހިތްހަމަޖެހުމާއި ތާޒާކަން ގެނެސްދޭ ސައިތައްޓެއް ނުވަތަ ގްރީން ޓީ ބުއިމެވެ.

ސައިބުއިމަކީ ހަމައެކަނި އަރާމުލިބޭ ކަމެއް ނޫނެވެ. މިއީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމާއި ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) އިން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ދިގު މުއްދަތަކަށް ގަބޫލުކުރެވިފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

’ޖާނަލް އޮފް އިންޓަރނަލް މެޑިސިން‘ ގައި ދާދި ފަހުން ޝާއިއުކުރި ދިރާސާއަކުން ދައްކާގޮތުގައި ސައި ތައްޔާރުކުރާ ގޮތާއި ބޯ ގޮތުގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަމަށް އަސަރުކުރެ އެވެ.

ނުވަ އަހަރުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ހިތުގެ ބަލިތަކާއި ސްޓްރޯކް އަދި އަތްފައިގެ ލޭހޮޅިތައް ހަނިވުމުގެ މައްސަލަތައް ހިމެނޭހެން 14,800 އަށްވުރެ ގިނަ ކޭސް ރިސާޗަރުން ވަނީ ބަލާފަ އެވެ.

މި ދިރާސާގައި ޗައިނާގެ 30 އަހަރާއި 79 އަހަރާ ދެމެދުގެ 485,000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ދިރާސާކުރި އެވެ.

މީގެ ތެރޭގައި އެމީހުން ސައި ބޯ މިންވަރާއި، ބޭނުންކުރާ ސައިގެ ބާވަތާއި ސައި ގަދަކުރާ މިންވަރުގެ އިތުރުން ސައި ބޯއިރު ހުންނަ ހޫނުމިން ހިމެނެ އެވެ.

މި ހޯދުންތަކުގެ މާނައާއި ހިތުގެ ދުޅަހެޔޮކަމާ ހުރި ގުޅުން އޮޅުންފިލުވުމަށްޓަކައި ސީ.އެން.އެން ގެ ވެލްނަސް އެކްސްޕާޓް ޑރ. ލިއާނާ ވެން އާ ސުވާލުކުރެވުނެވެ. ޑރ. ވެން އަކީ އިމަޖެންސީ ފިޒިޝަނެއްގެ އިތުރުން ޖޯޖް ވޮޝިންގޓަން ޔުނިވަރސިޓީގެ ކްލިނިކަލް އެސޯސިއޭޓް ޕްރޮފެސަރެކެވެ.

ސައިބުއިމާއި ހިތުގެ ބަލިތަކާ ހުރި ގުޅުމާ ގޮތުން މި ދިރާސާއިން ދައްކަނީ ކީކޭތޯ؟

ޑރ. ލިއާނާ ވެން: މި ދިރާސާގެ މުހިންމު އެއް ނަތީޖާއަކީ ހަފުތާއަކު މަދުވެގެން ތިން ދުވަހު ސައި ބޯ މީހުންނަށް ސައި ނުބޯ މީހުންނާ އަޅާބަލާއިރު ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުސަތު %11 ކުޑަވުމެވެ. މީގެ ތެރޭގައި އުމުރާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ކަސްރަތުކުރުމާއި ހަށިގަނޑުގެ ބަރުދަން ފަދަ ކަންކަމަށް ރިއާޔަތްކުރެވުނެވެ.

އެންމެ ބޮޑު ފައިދާއެއް ފެނުނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގަވާއިދުން ކަސްރަތުކުރާ އަދި އާދަކޮށް ސައި ބޯ މީހުންގެ ފަރާތުންނެވެ.

އަނެއް ފާހަގަކޮށްލެވޭ ކަމަކީ މާ ގަދަ ނޫން ސައި ބުއިމުން ބަލިތަކުން ރައްކާތެރިކޮށްދޭ މިންވަރު އިތުރުވުމެވެ. އަދި ގްރީން ޓީ އަށްވުރެ ކަޅު ސައި ބުއިމުން ހިތުގެ ގިނަ ބަލިތަކަކުން ރައްކާތެރިކޮށްދޭކަން ފާހަގަކުރެވުނެވެ.

އެންމެ ހައިރާންކުރުވަނިވި ކަމަކީ ވަރަށް ބޮޑަށް ހޫނުކޮށް ހުންނަ ސައި ބޯ މީހުންނަށް ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުސަތު %16 އިތުރުވުމެވެ. މީގެ ބަދަލުގައި އާދައިގެ ހޫނުމިނެއްގައި ސައި ބޯ މީހުންނަށް ބަލިތަކުގެ ނުރައްކާ ކުޑަކަން ފާހަގަކުރެވުނެވެ.

ނަމަވެސް މި ދިރާސާގައި ބައެއް އުނިކަންކަން ހުއްޓެވެ. އެއީ ސައިގެ ހޫނުމިން ބެލުމުގައި ސައިންޓިފިކް މިންގަނޑެއް ބޭނުންކުރުމުގެ ބަދަލުގައި ބައިވެރިން އަމިއްލައަށް އިހުސާސްކުރެވޭ ހޫނުމިން ބަޔާންކޮށްފައިވުމެވެ. އެކަކަށް ވަރަށް ހޫނުކޮށް އިހުސާސްވާ މިންވަރު އަނެކަކަށް ތަފާތުވެދާނެ އެވެ. އަދި ވަރަށް ހޫނުކޮށް ސައި ބޯން ބޭނުންވާ މީހުންގެ ކެއިންބުއިމުގެ އެހެން އާދަތަކުގެ ސަބަބުން ވެސް މި ނަތީޖާއަށް އަސަރުކޮށްފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.