ދުނިޔޭގެ އެންމެ ޗާލު 10 މިސްކިތް

މިސްކިތަކީ އިސްލާމުންގެ އެންމެ މުޙިއްމު އެއް ޝިޢާރެވެ. މުސްލިމުން އަޅުކަންކުރާ ތަނަކީ މިސްކިތެވެ. އެހާރާއި މިހާރުގެ މިސްކިތްތަކަކީ މުސްލިމުުންގެ ޙަޟާރަތު ވަރަށް ރަނގަޅަށް ދައްކކުވައިދޭ ތަންތަނެވެ. މުސްލިމުންނަކީ އެމީހުންގެ އާރާއި ބާރު ގަދަ، ދުނިޔޭގެ ނިސްބަތުން ޤަދަރާއި ޝަރަފު އުފުލިގެންވާ ބައެއްކަމުގައި އެބިނާތަށް ހެކިދެއެވެ. ދުނިޔޭގައި މިވަގުތުހުރި އެންމެ ޗާލު 10 މިސްކިތަށް ބަލާލަމާތޯއެވެ.

1- މަސްޖިދު އަލް ޙަރާމް – މައްކާ، ސައުދީ ޢަރަބިޔާ
masjid ah Haraam
މަސްޖިދް އަލް ޙަރާމަކީ މުސްލިމުން އެތަނަށްގޮސް ޙައްޖުވާ މިސްކިތެވެ. އެއީ ކައުބަތުﷲ ގެފުޅު ހުރިތަނެވެ. 1.5 މިލިއަން މީހުނަށް އެއްފަހަރާ އަޅުކަންކުރެވޭ މި މިސްކިތުގެ ބޮޑުމިނަކީ 356،000 ސްކްޔާރ މީޓަރެވެ. އަދިވެސް މިމިސްކިތް ގެންދަނީ ބޮޑުކުރަމުންނެވެ.

އިޝްތިހާރު Below Header ad

2- މަސްޖިދް އައްނަބަވީ – މަދީނާ، ސައުދީ ޢަރަބިޔާ
masjid an nabawi
މަސްޖިދް އައްނަބަވީއަކީ، ރަސޫލު ﷲ ﷺގެ މިސްކިތްކޮޅެވެ. މަދީނައިގާއި ހުންނަ މި މިސްކިތުގައި އެއްފަހަރާ 1މިލިއަން މީހުނަނަށް ނަމާދު ކުރެވެއެވެ. މިއީ އެންމެ ފުރަތަމަ އިސްލާމީ ވެރިކަން ފެށިގެންއައި ތަނެވެ.

3- މަސްޖިދް މުޙައްމަދު ޢަލީ – މިސްރު
mohammad ali masjid cairo
މަސްޖިދް މުޙައްމަދު ޢަލީ މިސްކިތަކީ މިސްރުގެ ކައިރޯ ގައި ހުންނަ މިސްކިތެކެވެ. މިމިސްކިތް އަޅާފައިވަނީ 1830 ހާއި 1848 އާއި ދެމެދުއެވެ. މިމިސްކިތުގައި އެއްފަހަރާ 10،000 މީހުުންނަށް ނަމާދު ކުރެވެއެވެ.

4- ޑޯމް އޮފް ދަ ރޮކް – ޤުދުސް، ފަލަސްޠީން
dome of the rock
ޑޯމް އޮފް ދަ ރޮކް މިއީ ފަލަސްޠީނުގެ ޤުދުސްގައި ހުންނަ ތަނެކެވެ. މިއީ ސުލައިމާނުގެފާނުގެ ޒަމާނާ ގުޅުން އޮތް ތަނެކެވެ.

5- ސުލްތާން ޢުމަރް ޢަލީ ސައިފުއްދީން މިސްކިތް – ބުރުނާއީ

Sultan Omar Ali Saifuddien Masjid. Brunei..
SONY DSC
ސުލްތާން ޢުމަރް ޢަލީ ސައިފުއްދީން މިސްކިތް މިއީ ބުރުނާއީގެ ވެރިކަންކުރާ ރަށުގައި ހުންނަ ވަރަށް ހިތްގައިމު މިސްކިތެކެވެ. ކުރިމަތިން ބޯޓެއް ސިފަވާގޮތަށް ހަދާފައިވާ މި މިސްކިތަކީ އޭޝިއާ ޕެސެފިކްގައިހުރި އެންމެ ރީތި މިސްކިތުގެގޮތުގައި މީހުން ސިފަކުރެއެވެ. މި މިސްކިތް ފުރަތަމަ ހުޅުވީ 1958ވަނަ އަހަރުއެވެ. އޭގެފަހުން މިތަންވަނީ މަރާމާތުކޮށް ތަރައްޤީ ކޮށްފައެވެ.
6- ބާދްޝާހީ މިސްކިތް – ލާހޫރް، ޕާކިސްތާން
BaadhShahi Masjid
ޕާކިސްތާނުގެ ލާހޫރުގައި ހުންނަ ބާދްޝާހީ މިސްކިތަކީ އެއްލައްކަ މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެކެވެ. އޯރެންޒޭބްގެ ރަސްކަމުގައި އަޅާފައިވާ މި މިސްކިތުގެ މަސައްކަތް ފަށާފައިވަނީ 1671 ވަނައަހަރުއެެވެ. މި މިސްކިތް ހަދަން ހޭދަވީ 2 އަހަރު ދުވަހެވެ.

7- ގޮލްސަރިފް މިސްކިތް – ކަންޒާ، ރަޝިއާ
Qoalsarif masjid
ޔޫރަޕުގައި ހުރި އެންމެ ބޮޑު މިސްކިތް ކަމުގައި ބެލެވޭ ގޮލްސަރިފް މިސްކިތް ހުންނަނީ ރަޝިއާގެ ކަންޒާގައެވެ. މި މިސްކިތް އަޅާފައިވަނީ 16ވަނަ ގަރުނުގައި އުސްމާނީ ޚިލާފަތުގައެވެ. މި މިސްކިތުގައި އެއްފަހަރާ ނަމާދު ކުރވެނީ 6،000 މީހުންނަށެވެ.
8- ކްރިސްޓަލް މިސްކިތް – މެލޭޝިއާ
masjid crystal
މެލޭޝިއާގައި ހުންނަ ކްރިސްޓަލް މިސްކިތަކީ 1500 މީހުންގެ ޖާގަ އޮންނަ މިސްކިތެކެވެ. މި މިސްކިތް އަލާފައިވަނީ 2006ން 2008އާ ދެމެދުއެވެ. ރަސްމީކޮށް މި މިސްކިތް ހުޅުވީ 8 ފެބްރުއަރީ 2008ގައެވެ.

9- ދަ ބްލޫ މިސްކިތް – އިސްތަންބޫލް، ތުރުކީ
the blue masjid
ދަ ބްލޫ މިސްކިތް މިއީ ތުރުކީގެ ވެރިކަންކުރާ އިސްތަންބޫލުގައި ހުންނަ މިސްކިތެކެވެ. 1609ން 1616އާދެމެދު ބިނާކޮށްފައިވާ މި މިސްކިތުގައި އަތުކުރެހުން އަޅާފައިވާ ވިހި ހާހައްވުރެގިނަ ތަށިމުށިގަނޑު ހުރެއެވެ. މިތަނުގައި 10،000 މީހުނަށް ފަސޭހަކަމާއެކު އެއްފަހަރާ ނަމާދުކުރެވެއެވެ.

10- ޝޭޚް ޒައިދް ބޮޑު މިސްކިތް – އަބޫ ދާބީ
Shk Zaidh Masjid
އަބޫ ދާބީގައި ހުންނަ ޝޭޚް ޒައިދް ބަޑު މިސްކިތަކީ 1996 ކާއި 2007 ކާއި ދެމެދު ބިނާކުރެވިފައިވާ މިސްކިތެކެވެ. 2 ބިލިއަން ދިރުހަމްގެ އަގުހުރި މި މިސްކިތް ހުޅުވާފައިވަނީ 20 ޑިސެމްބަރ 2007 ގައެވެ. މި މިސްކިތުގައި ލައިބްރަރީއެއް ހުރެއެވެ. އެތަނުގައި 200އަހަރަށްވުރެ ދުވަސްވީ އިސްލާމީ އާޘާރުތައް ހުރެއެވެ. މިތަނުގައި 41،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވެއެވެ.

މިސްކިތުގެ އަހައްމިއްޔަތާއި އެތަނުން މުސްލިމުންނަށް ހޯދޭ ފައިދާތައް، މިއަދުގެ މިސްކިތްތަކުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދޭތޯ މިއީ ކޮށްލުން އެންމެ-ރަނގަޅު ސުވާލެކެވެ. ޔަޤީންވާ އެއްކަމަކީ މިއަދު ދުނިޔެ ދެކެމުންދާ ޢުމްރާނީ ކުރިއެރުމާ މާއްދީ ތަރައްޤީގެ ސަފުގައި މުސްލިމުން ބިނާކުރާ މިސްކަތްތައްވެސް ފަސޭހަކަމާއެކީ ހިމަނާލެވޭކަމެވެ. އިސްލާމީ ފަންނުތަށް ދައްކުވައިދޭ ގިނަ ޢަދަދެއްގެ މިސްކިތްތަށް މިޒާމަނުގައި ތަރައްޤީކުރެވެމުން އެބަދެއެވެ. މިސްކިތަށް ހޭދަކުރުމުގެ މާތްކަން މުސްލިމް ވިޔަފާރިވެރިންގެ ހިތްތަކުން ޖާގަހޯދުން ވެގެންގޮސްފައިވަނީ މިސްކިތް ބިނާކުރުމުގައި ވާދަވެރިކަންވެސް އުފެދިފައިވާ ކަމެއްގެ ގޮތުގައެވެ. އަލަށް މިސްކިތް އަޅާ ކޮންމެ މީހަކުމެދަނީ ކުރިން ނެތްވަރުގެ ރީތި މިސްކިތެއް އެޅޭތޯ ބަލަމުންނެވެ.

ރީތި މިސްކިތްތަކެއް ލިބުމަކުން އަދި މުޅިން ނިމިނީއެއްނޫނެވެ. އެތަންތަނަށް އަރާ ނަމާދުކުރާނެ ބަޔަކު ތިބެން ޖެހެއެވެ. މިއަދު ވަރަށްގިނަ މުސްލިމުންނެއް ނަމާދާފޭވެފައިވާކަމީވެސް ހިތާމަހުރި ކަމެކެވެ. މުސްލިމުންގެ ހިތްތަކުގައި މިސްކިތް ބިނާކުރެވޭ ދުވަހަކީ މިކަން ޙައްލުވާނެ ދުވަހެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.