
ދިރާގުން އައިޖީއެމް ހޮސްޕިޓަލަށް ހަދިޔާކޮށްފައިވާ ކުޑަކުދިންގެ އިންޑޯ ޕްލޭ އޭރިޔާ އާކޮށްފި.
ދިރާގުން އައިޖީއެމް ހޮސްޕިޓަލަށް ހަދިޔާކޮށްފައިވާ ކުޑަކުދިންގެ އިންޑޯ ޕްލޭ އޭރިޔާ އާކޮށްފިއެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޕްލޭ އޭރިއާ އާ ކޮށްފައިވާއިރު، އެތަން ވަނީ އިތުރަށް މަރާމާތުކޮށް، ކުޑަކުދިން ގަޔާވާނޭގޮތަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ގޮތަށް ޒީނަތްތެރި ކޮށްފައެވެ.
ކުޑަކުދިންގެ ޕްލޭ އިކުއިޕްމަންޓާއި އެއްކޮށް ދިރާގުން އައިޖީއެމްއެޗަށް ހަދިޔާ ކޮށްފައިވާ ޕްލޭއޭރިޔާ އަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ގިނަ ޢަދަދެއްދެ ކުދިން ބޭނުން ކުރާ ތަނެކެވެ.
އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ގޭޓް ސަރަޙައްދުގައި ހުންނަ ޕްލޭ އޭރިޔާގެ އެންމެ ބޮޑު އެއްމަޤްޞަދަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކުޑަކުދިން ގަޔާވާނެ އަދި އެކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ފަދަ މަންޒިލެއް ހޮސްޕިޓަލުގައި ޤާއިމުވެފައި ހުރުމެވެ.
ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ.

އެގޮތުން ކޮންމެ އަހަރަކު ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް ކުޑަކުދިންގެ ޙައްޤުގައި މަސައްކަތް ކުރާ ތަފާތުޖަމިއްޔާތަކަށް އެހީތެރިވެއެވެ.
މިނޫންވެސްކުޑަ ކުދިންގެ ޙައްޤުގައި މަސައްކަތްކުރާ ގިނަ އެންޖީއޯތަކަށް ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް ދިރާގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.



