ރޯދަ ފަރުޟުވެގެންވަނީ ﷲއަށް ތަޤުވާވެރިވުމަށް..

ރޯދަ ފަރުޟުވެގެންވަނީ ﷲއަށް ތަޤުވާވެރިވުމަށްޓަކާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

”ރަމަޟާން މަހަކީ އީމާންކަމާއި ހެޔޮކަމުގެ މައްސަރު“ މި މަޢުލޫއަށް އިއްވި ޚުޠުބާގައި ބުނެފައިވަނީ ރޯދައަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން ކަމަށާއި ތަޤްވާގެ މާނައަކީ ހަމައެކަނި ރޯދަ ހިފުން ނޫން ކަމަށާއި ހަމައެކަނި ނަމާދުކޮށްލުމެއްވެސް ނޫން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”އޭގެތެރޭގައި ﷲ ލޯބިވެވޮޑިގަންނަވާ އެންމެހާ ކަންތައްތައް ހިމެނޭ. ހެޔޮ ނިޔަތުގައި ޘަވާބާއި ދަރުމަ އެދިގެން ކުރާ ކޮންމެ ހެޔޮ ކަމަކީ އަޅުކަމެއް. ތަޤްވާވެރިކަމެއް. ނަމަދުކުރުމާ، ޞަދަޤާތްދިނުމާ، ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމާ، މައިންބަފައިންނަށް ކަމޭހިތުމާ، މިއިން ކޮންމެ ކަމަކީވެސް ތަޤްވާވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން“ ޚުޠުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮށް ހިތުމާއި މަޢާފް ކުރުމާއި ހެޔޮބަސް ބުނުމާއި އަނބިދަރީންނަށް އަޅައިލުމާއި ވަފާތެރިވުމަކީވެސް ތަޤްވާވެރިކަމުގެ ތެރޭގައި ހިމެނޭ ކަންތައްކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.