
ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މެއި 6 ވާ ހޯމަދުވަސް
ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މެއި 6 ވާ ހޯމަދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެމިނިސްޓްރީން ދާދި ދެންމެ އިޢުލާންކުރީ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ރާއްޖޭގެ އެއްވެސް ހިސާބަކަށް މިރޭ ފެނިފައިނުވާތީ އާއި ފަލަކީ ހިސާބުތަކުންވެސް ދުނިޔޭގެ އިސްލާމީ އެއްވެސް ޤައުމަކަށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައިނުވާތީ، 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މި މެއި މަހުގެ 6ވާ ހޯމަ ދުވަސް ކަމަށެވެ.
އެހެންކަމުން މާދަމާއަކީ ޝަޢުބާން މަހުގެ 30 ވަނަ ދުވަހެވެ.



