
ފައިފުހޭ މިސްކިތް ހުޅުވައިފި
ހަތަރު ފަންގިފިލާއަށް ޢިމާރާތްކުރި މުޙައްމަދު ޖަމީލު މިސްކިތް ނުވަަތަ ފައިފުހޭ މިސްކިތް ހުޅުވައިފިއެވެ.
އަމިއްލަ ފަރާތަކުން އަލުން ޢިމާރާތް ކުރި މި މިސްކިތުގައި 1300 މީހުންނަށް އެއްފަހަރާ ނަމާދުކުރޭވެ ޖާގަ އޮވެއެވެ.
ދީނީ ޢިލްމުވެރިޔާ އަދި އަދީބު މުހައްމަދު ޖަމީލްދީދީގެ ނަންފުޅަށް ނިސްބަތްވާ މިސްކިތުގެ ހުރިހާ ފަންގިފިލާއެއްވެސް މިހާރު ހަދާފައިވަނީ މާބުލް ޖަހައިގެންނެވެ.
މި މިސްކިތުގައި ދީނީ ނަސޭހަތް ދިނުމާއި ޤުރްއާން ކިޔަވައި ދިނުން ފަދަ ކަންކަމަށް ޚާއްޞަ މަލްޓިޕަރޕާސް ހޯލެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
މ. ލައިނޫފަރު މަގުގައި ހުރި ކުޑަ މިސްކިތް 2017 ވަނަ އަހަރު އަލުން ޢިމާރާތްކޮށް ހުޅުވާދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.



