
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގަށް ބަދަލުގެނެސްފި
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގަށް މިއަދުން ފެށިގެން ބަދަލުގެނެސްފިއެވެ.
ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ކުންފުނިން ބުނީ ޕެޓްރޯލް ލިޓަރަކުން 70 ލާރި އަދި ޑީސަލް ލީޓަރަކުން 50 ލާރި ބޮޑުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 11.49ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 12.11ރ. އަށެވެ.
އެ ކުންފުނިން ބުނީ އަގު ބޯޑުކުރަން ޖެހުނީ އޯޕެކުން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމާއި އީރާނުން އުފައްދާ ތެޔޮ ގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން މިދިޔަ މާރޗް މަހުން ފެށިގެން ތެލުގެ އަގު ޑުވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމަކީވެސް ސަބަބެއް ކަމަށް ބުންޏެވެ.



