ނަފުސުން ފަނާާވާތަން ފެންނައިރުވެސް އާޚިރަތް ހޯދަން މަސައްކަތްނުކޮށް ހިތް ހަމަޖެހިލައިގެން ހުރެވޭތޯ؟

ކޮންމެދުވަހަކުވެސް ތިބާގެ ޢުމުރު ދުވަހެއް މަދުވަމުން، ހުސްވަމުން ދެއެވެ. ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ޢުމުރުން މަދުވާ ދުވަހެކެވެ.
ފައިސާ މަދުވެއްޖެނަމަ އެކަމާ ކަންބޮޑުވެއެވެ. ޢުމުރު ދުވަހެއް މަދުވެގެން ކަންބޮޑުނުވެއެވެ. ފައިސާއަކީ އަނބުރާ ހޯދޭނޭ އެއްޗެކެވެ. ޢުމުރަކީ އަނބުރާ ހޯދޭނޭ އެއްޗެއް ނޫނެވެ.

ކޮންމެ ދުވަހަކުވެސް ﷲ ގެ ރިޒްޤުން ތިބާ ކަމުއެވެ. އެއީ ޙަލާލު އެއްޗެއްނަމަ އެ ރިޒްޤާ ބެހޭގޮތުން ތިބާއާ ސުވާލުކުރެވޭނެއެވެ. ﷲ ދެއްވި ރިޒްޤުން ލިބުނު ހަކަތަ ހޭދަކުރީ ﷲ އަށް ކިޔަމަންގަތުމުގައިތޯ ސުވާލު ކުރެވޭނެއެވެ. އެއީ ޙަރާމް އެއްޗެއްނަމަ ތިބާއަށް ޢަޛާބު ދެވޭނެއެވެ.
ކޮންމެ ދުވަހަކުވެސް ތިބާ އާޚިރަތާ ކައިރިއަށް ޖެހިލައެވެ. އަދި ދުނިޔެއާ ދުރަށް ޖެހިލައެވެ. އެހެންކަމާ އެކުވެސް ފަނާވަނިވި ދުނިޔެއަށް ތިބާ އިސްކަންދޭވަރަށް ދާއިމަށް ދެމިހުންނަނިވި އާޚިރަތަށް ތިބާ އިސްކަމެއް ނުދެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތިބާގެ މަންޒިލަކީ އުފުލިގެންވާ ބަގީޗާތައް ކަމެއް ނުވަތަ އުތުރިއަރާ އަލިފާން ކަމެއް ތިބާއަކަށް ނޭނގޭނެއެވެ. ހަމަކޮންމެ ދުވަހަކު ތިބާގެ އަމިއްލަ ނަފުސުން ފަނާާތަން ފެންނައިރުވެސް އާޚިރަތް ހޯދަން މަސައްކަތްނުކޮށް ހިތް ހަމަޖެހިލައިގެން ހުރެވޭތޯއެވެ؟

އައްޝައިޚް މުޙައްމަދު ޝާފިޢު.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.