ޢާއިލީ 50 މައްސަލަ އާއި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް..

ޢާއިލީ 50 މައްސަލަ އާއި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލަ މިދިޔަ ޑިސެމްބަރ މަހު ޖެންޑަަރ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

އެ މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފާސް ހިސާބުދައްކާގޮތުން ޢާއިލީ 50 މައްސަލައިގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 35 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 11 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 5 މައްސަލައާއި ވައްކަންކުރުމުގެ 2 މައްސަލަ ހިމެނޭކަމަށްވެސް ވަނީ ބުނެފައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ 2 މައްސަލައާއި މާރާމާރީ ހިންގުމުގެ މައްސަލައެއްވެސް ހިމެނޭ ކަމަށްވެސް ތަފާސް ހިސާބުން ދައްކައެެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 10 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ އިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 2 މައްސަލަ އާއި ގެއިން ނުކުމެގެން ދިޔުމުގެ 2 މައްސަލަ ހިމެނޭ ކަމަށްވެސް ތަފާސް ހިސާބުން ދައްކައެެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.