
ޢާއިލީ 50 މައްސަލަ އާއި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް..
ޢާއިލީ 50 މައްސަލަ އާއި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލަ މިދިޔަ ޑިސެމްބަރ މަހު ޖެންޑަަރ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
އެ މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފާސް ހިސާބުދައްކާގޮތުން ޢާއިލީ 50 މައްސަލައިގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 35 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 11 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނެއެވެ.
އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 5 މައްސަލައާއި ވައްކަންކުރުމުގެ 2 މައްސަލަ ހިމެނޭކަމަށްވެސް ވަނީ ބުނެފައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ 2 މައްސަލައާއި މާރާމާރީ ހިންގުމުގެ މައްސަލައެއްވެސް ހިމެނޭ ކަމަށްވެސް ތަފާސް ހިސާބުން ދައްކައެެވެ.
މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 10 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ އިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 2 މައްސަލަ އާއި ގެއިން ނުކުމެގެން ދިޔުމުގެ 2 މައްސަލަ ހިމެނޭ ކަމަށްވެސް ތަފާސް ހިސާބުން ދައްކައެެވެ.



