ޚަބަރު ފީތާ

ބަދަލުވި ޙަޔާތް

މިއީޙާޤީޤީ ވާހަކައެކެވެ….

އަހަރެންގެ އުމުރުން މިހާރު 19 އަހަރެވެ.އަހަރެން މިކިޔާދެނީ އަހަރެން ގެ ހަޔާތުގެ ވާހަކައެވެ. އަހަރެން ގެ ދިރިއުޅުން ބަދަލުވި ގޮތުގެ ވާހަކައެވެ.އަންހެން ކުއްޖަކަށް ވެހުރެ އަހަރެން ގެ ޒުވާން އުމުރުގަ ބޭކާރު ކޮށްލެވުނު ގޮތުގެ ވާހަކައެވެ.

އަހަރެން މާލެ އައީ އުމުރުން 10 އަހަރުގައެވެ، އެއީ ގްރޭޑް 4 ކަށެވެ.އަހަރެން މާލެ އައި އިރު އިގިރޭސި އެއްގޮތަކަށް ވެސް ނޭގެއެވެ.،އެހެންކަމުން އަހަރެންނަށް ކުޑަކޮށް އުދަގޫވެސް ވިއެވެ.ނަމަވެސް ވަރަށް މަސައްކަތުން އަހަރެންނަށް އެކަން ހައްލު ކުރެވިއްޖެއެވެ.އަހަރެން މާލޭގަ ހުންނަނީ އަހަރެންގެ އެއްބަޑު އެއްބަފާ ދައްތަ އާއި ބޭބެ ކައިރީގައެވެ.އުޅެމުން އައީ ވަރަށް ވެސް އުފާވެރި ދިރިއުޅުމެކެވެ.މިހެން ދުވަސްތައް ވޭތުވަމުން ގޮސް އަހަރެން ގެ އުމުރުން 13 އަހަރުގަ އަހަރެންނާ ދިމާވީ ސާރާ (ބެސްޓުފުރެންޑް) އާއެވެ.ސާރާ އަކީ އަހަރެން ގެ ހަޔާތުގަ ދިމާވި އެންމެ ފުރަތަމަ ރަހްމަތްތެރިޔާއެވެ.ގުރޭޑް 5،6،7 ގަ ދެކުދިންވެސް ކިޔެވީ އެއްކުލާސް ތަކެއްގައެވެ.ނަމަވެސް ގޮރޭޑް 8 ދެކުދީން ވަކިވާން ޖެހުނެވެ.އެހެންނަމަވެސް ދެކުދިން ގެ ރަހްމަތްތެރިކަމަކަށް ބަދަލެއްނާދެއެވެ.އަނެއްކާ ވެސް ގުރޭޑް 9 އިން ދެކުދިން ނަށް އެއް ކުލާހަކަށް އާދެވުނެވެ.’އޭރު އަހަރެން ނަމާދު ކުރަނީ ބައެއްފަހަރުއެވެ.ޤުރުއާން ވެސް ކިޔަވަން ނަމަވެސް ވަރަށް މަދުންނެވެ.ދީނީ ކަން ކަމަށްވެސް ޝައުގު ހުރޭ ނަމަވެސް އެހާސަމާލު ކަމެއް ނުދެވޭ.އަސްލު ވާގޮތަކީ އުޅޭ މާހައުލުގެ ސަބަބުން އެހާސަމާލުކަން ނުދެވެނީއެވެ . އެކުގާ އުޅޭ ކުދިން މީހުންނާ ރަށްޓެހިވެގެނ އުޅޭތީ އަހަރެން ވެސް ވަރަށްވޭ އެގޮތަށް އުޅޭހިތް،މިގޮތުން އަހަރެން ގުރޭޑް ނުވައެއް ގާ އުޅެމުން ފުރަތަމަ ކުއްޖަކާ ލޯބީގެގޮތުން ގުޅިއްޖައީމެވެ.ނަމަވެސް މާގިނަދުވަހެއް ނުވެ އެކަން ނިމިއްޖެއެވެ.ގްރޭޑް ނުވައެއްގެ ދެވަނަ ޓަރމްގަ ބޭބެ ގެ ބަދަލުކޮށްފިއެވެ.ދެން ދެވުނީ ސާރާ ގެ ގެއާ ވަރަށް ކައިރީގައި ހުންނަ ގެއަކަށެވެ.ދެން ދެކުދިން ސްކޫލަށް ދާން ފެށީ އެކުގައެވެ.އެކަމަކު ރޭގަޑު ދާންޖެހޭ ދުވަސް ދުވަހު ދަނީ ބޭބެ ނުވަތަ ދައްތައާ އެކުގައެވެ.މިހެން އުޅެމުން އަނެއްކާވެސް އެހެން ކުއްޖަކާ އަހަރެންނަށް ލޯބީގެގޮތުން ގުޅެވުނެވެ.ނަމަވެސް އެއީ އެއްމެ ދުވަހެއްގެ ކަމަކެވެ.ގްރޭޑް 10 އަހަރެވެ.މިފަހަރު އަހަރެންނަށް ލިބުނީ ޓުއަރިޒަމް ގެ ދަތުރެއްގައި އިންޑިޔާ އަށް ދާނެ ފުރުސަތެކެވެ.މިކަމާ މަންމަމެން ވަރަށް ކަންތައް ބޮޑުވި އެއީ އަހަރެން ނަކީ ދުވަހަކުވެސް ރާއްޖޭން ބޭރަށް ދިޔަ ކުއްޖަކަށް ނުވާތީ  މަންމަ ކަން ބޮޑުވަނީއެވެ.ނަމަވެސް އަހަރެން އެދަތުރު ދާން މަންމަ ފުރުޞަތުދިނެވެ. މިދަތުރުގާ އަހަރުމެން ހުރިހާކުދިން ވަރަށް މަޖާ ކުރީމެވެ.ޒުވާން ފުރައީގެ އަންހެން ކުދިންނާއި ފިރިހެން ކުދިން ވީމާ ކުރާނެ މަޖާ އަޑުއެހުންތެރިން ނާއި ކިޔުން ތެރިން ވިސްނަވާލައްވާށެވެ.އަހަރެން ވެސް ވަރަށް އެގޮތަށް އުޅޭހިތްވިއެވެ.ނަމަވެސް އަހަރެން ނަށް އެގޮތަށް އުޅޭކަށް ނުކެރެއެވެ.

ފާޑަކަށް ބިރުގަނެވެނީއެވެ. އޯލެވެލް އެގްޒާމް ނިމިއްޖެއެވެ.ޗުއްޓީ ފެށިއްޖެ، އަދި ބޭބެ ގެ ކައިވެނިވެސް ކުރެވިއްޖެއެވެ.އަހަރެން ހަފްތާ އަކަށް މަންމަ ކައިރިއަށް ރަށައް ދިޔައީމެވެ.މާލެ އައިސް ވަޒީފާ އެއް ހޯދުމަށް މަސައްކަތް ކުރީމެވެ.ޑިސެމްބަރ މަހު އަހަރެން ނަށް ޖޮބް ލިބުނެވެ.އަހަރެން ނަށް ޖޮބް ލިބުނީ ފިހާރައަކުން ނެވެ.އެފިހާރައިގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ވަޒީފާގައި އުޅެއެވެ.މިހާހިސާބުން އަނެއްކާވެސް އަހަރެން ކުއްޖަކާ ރައްޓެހިވާން ބޭނުން ވެއްޖެއެވެ.އަހަރެން ނަކީ ވަރަށް ގިނައިން ސޯށަލް މީޑިއާ ބޭނުން ކުރާ ކުޖެއްކަމުން ވަރަށް ގިނަ މީ ހުންނާ ވާހަކަ ދައްކަމެވެ.އަދި އެކުދިންނާ ވަރަށް ގިނަ ވަގުތު މަޖާވާހަކަ ދެއްކުމުގާ ހޭދަކުރަމެވެ.އަހަރެން ގެ ހުސް ވަގުތުތައް ހޭދަކުރަނީ ފޭސްބުކް ގައެވެ.މިހެން ކުދިންނާ ވާހަކަ ދެއްކުމުގެ ތެރޭގަ އަނެއްކާވެސް ފިރިހެން ކުއްޖަކާ އަހަރެން ރަށްޓެހި ވެއްޖައީމެވެ.އެކުއްޖާއަކީ އަހަރެންގެ ރަށުކުއްޖެކެވެ. މިހެން މިކުއް ޖާޔާ ވާހަކަ ދައްކާ ހަދަނިކޮށް އަހަރެންގެ ރަށު ފުރެންޑެއްގެ ފަރާތުން އެގުނީ މިކުއްޖާ އަކީ އެހާ ރަގަލު ކުއްޖެއް ނޫން ކަމެވެ.ދެން އެހިސާބުން އޭނާޔާވެސް ރުޅިވެއްޖެއީމެވެ.މިގޮތަށް ގޮސް ކިޔާނެކަމެއްނެތް އެތަށް ކުދިންނެއް އަހަރެންގެ ހަޔާތަށް އައިސް ގޮސްހިގައިދެއެވެ.ދެން އަނެއްކާވެސް ދިމާވަނީ އަހަރެން ގެ ބެސްޓް ފްރެންޑް ސާރާ ޔާއެވެ.އޭރު ސާރާ ވެސް އުޅެނީ ކުއްޖަކާ ރަށްޓެހިވެގެންނެވެ.ސާރާގެ ބޯއީ ފްރެންޑްގެ ފަރާތުން އަހަރެންނަށް ފަޔާޒު އާ ދިމާވިއެވެ.ސާރާގެ ބޯއީ ފުރެންޑް ބުނާގޮތުން ފަޔާޒު އަކީ ވަރަށް ރަގަޅު ކުއްޖެކެވެ.އެހެންވެ އަހަރެން މިފަހަރު ނިންމީ ފަޔާޒު އާ ގުޅުމަށެވެ.ފަޔާޒު އާއަހަރެންނާ ދެމެދު ވަރުގަދަ ލޯތް ބެއް އުފެދުނެވެ. އަދި ދެމީހުންގެ މީޓް ކުރުން ތައް ގިނަ ކުރަން ފެށީމެވެ.އަދި މީގެ ކުރިން ދުވަހަކުވެސް ގައިގޯޅިނުވާވަރަށް ފަޔާޒު އާ ކައިރިވެވިއްޖެއެވެ.މިކަން ގޭމީހުންނަށް އެގިގެން އަހަރެންނަށް ވަރަށް ންޞޭހަތް ދޭން ފެށިއެވެ.އަދި އޭނާ ޔާ ބައްދަލު ނުކުރުމަށް އެދުނެވެ.އެކަމަކު އަހަރެން އެމީހުންގެ އެވާހަކަތަކަށް ދިނީ ބީރުކަންފަތެކެވެ.އަދި ވަރަށް ފޫހިވިއެވެ.ފަޔާޒު އަށް އަހަރެން މީ ކާކުކަން ކިހިނެއް އުޅޭކުއްޖެއްކަން ވަރަށް ރަގަޅަށް އިގެއެވެ.އެހެންކަމުން އޭނާ އަހަރެންނަށް ވަރަށް ނަޞޭހަތްދީ އަދި ވަރަށް ފާރަލާވެސް ހަދައެވެ.ވާނީވެސް އެހެންތާއެވެ.އެކަމަކުވެސް އަހަރެން ފަޔާޒު ދެކެ ވަރަށް ލޯބިވެއެވެ.އަހަރެން ފަޔާޒު އާ ގުޅުމަށްފަހު އެހެން ކުއްޖަކާ ވާހަކަ އެއް ނުދައްކަމެވެ.ފަޔާޒު ގެ ބަސްއަހާ ފޭސްބުކް ވެސް ޔޫސް ކުރުން ހުއްޓާލިމެވެ.ހަމަ އެކަނި ވާހަކަ ދައްކަނީ ފަޔާޒު އާއެވެ.ފަޔާޒު ދެކެ އަހަރެން ލޯބިވާވަރުން އޭނަ އަހަރެން ދެކެ ރުޅިއަންނަ ކޮންމެފަހަރަކު އަހަރެންނަށް ހެދޭނުހެދޭ ނޭގެއެވެ.ބައެއްފަހަރު ފާރުގާ ބޯވެސް ތެޅެއެވެ.އަދި ގައިގައި ވަޅިއެޅޭފަހރުވެސް އާދެއެވެ.މިކަމާވެސް ގޭމީހުން އަހަރެންނަށް ނަށް ނަޞޭހަތް ދިނެވެ.ނަމަވެސް މި ފަހަރުވެސް އަހަރެން އެމީހުންގެ އެވާހަކަ ތައް އަޑުއަހާކަށް ބޭނުމެއް ނުވީމެވެ.ދެން މިހިސާބުން ގޭމީހުންވެސް އަހަރެން ދޫކޮށްލީ އެވެ.

ފިހާރައިގައި އުޅެމުން އަހަރެން ކޮލެޖް އަކަށް ވަނީމެވެ.ގޭ މީހުން ނުރުހޭތީވެ އަހަރެން ފަޔާޒު އާ ބައްދަލު ކުރަނީ ކްލާސް ނޯންނަ ރޭރޭ އެވެ.އަހަރުމެން ދަނީ ގެސްޓު ހައުސް ތަކަށެވެ.މަހަކު ދެފަހަރު އަހަރެން އޭނާޔާ ގެސްޓު ހައުސް ތަކުން ބައްދަލު ކުރަމެވެ.އަދި މި ބައްދިލު ކުރުން ތަކުގައި އަހަރުމެން ދެމީހުންނަށް ވެސް ﷲ ނަހީކުރައްވާފައި ވާ އެތަށް ކަމަކަށް އަރައި ގަނެވުނެވެ.މިގޮތަށް އަހަރުމެން ދެމީހުން އުޅެމުން ގެންދާ އަހަރެއް ވޭތުވެ ދިޔައެވެ.ނަމަވެސް ދުވަހަކުވެސް މައްސަލަ ނުޖެހި ނުދެ އެވެ.އަހަރެންނާ ދޭތެރޭ ފަޔާޒު ވަރަށް ޝައްކު ކުރެއެވެ.ފާރަވެސް ލާހަދައެވެ. މިހެން ގޮސް އެއްދުވަހު ފަޔާޒު އަހަރެން ދެކެ ވަރަށް ރުޅިއަތުވެއްޖެއެވެ.އަހަރެން ކިލާސް ނިމްމާފަ ގެއަށް އައި އިރު ފަޔާޒު ހުރީ ގޭގައެވެ.އަދި ބުނި ތީ އަހަރެން ދެކެ ލޯބިން އުޅޭމީހެއް ނޫން މިހާރު އޭނާ އަށް އެކަން އެގިއްޖެކަމަށެވެ.އަދި ﷲ ގަންދި ހުވާކޮށްފަ ބުނި ދުވަހަކުވެސް އަހަރެންނަށް ފަޔާޒު ނުގުޅާނެކަމަށެވެ..އަދި މިހެން ބުނެ ފަޔާޒު ހިގައްޖެއެވެ.މިކަމާ އަހަރެން ވަރަށް ކަންތަށް ބޮޑުވެ ހަދާނެ ގޮތްހުސްވެއްޖެއެވެ.އަހަރެން ނަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުހެންނެވެ.އެއްތާކު ދެފައި ހަރުނުލައެވެ.ދެން ދެވުނީ އަހަރެންގެ ދެބެންގެ ދެދަރި ކުއްޖެއްގެ ކައިރިއަށެވެ.ނަމަވެސް އޭނާ ވެސް ގެއަކު ނެތެވެ.ދެން އަނެއްކާވެސް އައީ އހަރެންގެ ގެއަށެވެ.ނަމަވެސް ހިތް ހަމައެއް ނުޖެހެއެވެ.ހަމަ ހާސް ވަނީއެވެ،ފަޔާޒުގެ ޚަބަރެއް ނުވާތީއެވެ.މިހެން ފަޔާޒު ގެ ޚަބަރެއް ނުވެ ދުވަސް ކޮޅެއް ވެއްޖެއެވެ.

އަހަރެން ފަޔާޒު އާ ރަށްޓެހި ވީ ފަހުން ފޭސްބުކް ވެސް ހުއްޓާލީމެވެ.އަހަރެން ނއކީ ވައިބަރ ބޭނުން ކުރާ ކުއްޖެއް ނޫނެވެ.އަހަރެންގެ ފެމިލީ މީހުން ވެސް ވައިބަރ އަޅަން ބުނީމަ އަހަރެން އެއިވަރަށް ފޫހި އެއްޗެއް ކަމަށ ބުނެ އަހަރެން ބޭނުމެއް ނުކުރަމެވެ.ނަމަވެސް މިފަހަރު އަހަރެން ގެ ހިތަށް ވައިބަރ އަޅާނަމޭ ހިތައި ފޯނަށް ވައިބަރ އަޅައިފީމެވެ.ފުރަތަމަ ވެސް ދިމާވީ ސާރާ އާ އެވެ.އަހަރެން ސާރާ އަށް ހުރިހާ ވާހަކައެއް ކިޔައި ދިނީމެވެ އަދި އަހަރެންގެ ވާހަކަ ތައް އަޑުއަހާފަ ސާރާ ނަޞޭހަތްތެރިވީ ފަޔާޒު އާ އަހަރެން ދެން ވާހަކަ ނުދެއްކުމަށެވެ.އަދި އަހަރެން ނަށް މިހުރިހާކަމެއް މިދިމާވީ އަހަރެންގެ ހިތުގާ އީމާން ކަން ކުޑަވީމަކަމަށްވެސް ބުންޏެވެ.އަދި ގިނަގިނައިން ދުޢާ ކުރުމަށް ވެސް ބުންޏެވެ،

އަދި އަހަރެން ދީނީ ކަންކަން އޮޅުން ފިލުވަން އެކަހަލަ ވައިބަރ ގުރޫފަކަށް ޖޮއިން ކޮށްދިނެވެ.މި ވައިބަރ ގުރޫފު ގަ މީހުން ވަރަށް ސުވާލު ކުރާތަން އަހަރެން ނަށް ފެނެއެވެ.މި ގުރޫފުގަ އުޅެނީ ހުސް އަންހެން ކުދިންނެވެ،ދީނީ ގޮތުން

އުފެދޭ ކުށް ހީތަކާ ސުވާލު ތަށް މީހުން ކުރަމުން ގެންދެއެވެ.ޖަވާބު ދެއްވާ ބޭފުޅަކު ޖަވާބު ދެއްވަނީ ޝޭޚެއްގެ އަހީގަ އެވެ.ވަރަށް އަވަހަށް ޖަވާބު ތަށް ލިބެމުން ދެއެވެ.އަހަރެން ވަރަށް ޝައުގު ވެރިކަމާ އެކު ބަލަމުން ގެންދިޔައިމެވެ.

އަހަރެން ނަށް ނޭގޭ ދީނުގެ އެތަށް ކަމެއް މި ވައިބަރ ގުރޫފުން އެގެމުން ދިޔައެވެ.އެންމެ ފަހުން އަހަރެން ނިންމީ މި ގުރޫފު ގެ އެޑމިން އާ ގުޅުމަށެވެ. އެއީ އެންމެންގެ ތެރޭގަ އަހަރެންގެ މި ހަޑިހުތުރު އަމަލު ތަކުގެ ވާހަކަ ނުދައްކާން ވެގެންނެވެ.މިހެންވެ އަހަރެން އެޑްމިން އާއެކު އަހަރެން ގެ ވާހަކަ ތަށް ހިއްސާ ކުރީމެވެ،އަދި އަހަރެން ތަޢުބާވާން ބޭނުން ވާހަކަވެސް ބުނިމެވެ.އެބޭފުޅާ އަހަރެންނަށް ވަރށް ތަފްސީލުކޮށް ކިޔާދެމުން ގެން ދިޔައެވެ،އަހަރެންނަށް ރޮވެން ފަށައިފިއެވެ.ވާހަކަ ދައްކަން އުދަގޫ ވެއްޖެއެވެ.ގިސްލެވެނީއެވެ.އަހަރެން ނަށް ކުރެވުނު ކަންތައްތަކުގެ ނުބައި ކަމާމެދު ބިރު ގަންނަން ފެށިއްޖެއެވެ.އަނެއް ދުވަހު ގުޅާނެ ކަމަށް އަހަރެން ބުނީމެވެ.އެއީ ވަރަށް ރަގަޅު ދައްތަ އެކެވެ.އަހަރެންނަށް ނަޞޭހަތް ދިނީ ވަރަށް އޯގާތެރިކަމާ ލޯތްބާ އެކުއެވެ.އަހަރެން އެވަގުތު ފޯން ބާއްވާފަ އަވަސް ވެގަތީ ތައުބާވުމަށެވެ.އެ ދައްތަ ބުނިހެން އަހަރެން ހުރިހާކަމެއްވެސް ކުރީމެވެ.އަލްހަމްދު ލިލްﷲ އަހަރެން މިހާރު މިވނީ ތާހިރު ވެފައެވެ،އިންޝާ ﷲ ދެން ދުވަހަކުވެސް އަފަދަ ނުބައި އަމަލަކަށް އަރައި ނުގަން ނާނަމެވެ.އަހަރެން ގެ ހަޔާތަށް މިހެން މިދިމާވީ ހަމަ ރަގަޅު ތަރުބިއްޔަތެއް ލިބިފައި ނެތީމައެވެ.އަހަރެން ނަށް މިއަދު ވިސްނިއްޖެ އަންހެން ކުޖެއްގެ އިއްފަތްތެރިކަމަކީ ކިހާ އަގުހުރި އެއްޗެއްކަން،ނަމަވެސް ވަރަށް ހިތި ތަޖުރިބާ އަކަށް ފަހުގައެވެ. އަހަހަރެން މިއަދު ބޭނުން ވަނީ ހިޖާބު އަޅާށެވެ.އަދި ޞާލިހު ރަގަޅު މީހަކާ ކައިވެނި ކުރާށެވެ. ކުދީން ނޭ  އަހަރެން ގެ ވާހަކަ އިން އިބުރަތް ހާސިލް ކުރާށެވެ. މީ އަހަރެންގެ ރީތިކަން އަހަރެނަށް ބޭނުން ކުރެވުނު ގޮތުގެ ވާހަކައެވެ،ﷲ އަހަރެން ނަށް ދެއްވި ނިއުމަތަށް އަހަރެންނަށް ވެވުނީ ޝުކުރެއް ނޫނެވެ. استغفر الله

 

Rate this post