ނައިބު ރައީސް، މަންތާ އެއަރގެ ބްރޭންޑް އިފްތިތާޙުކޮށްދެއްވައިފި
ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް، މަންތާ އެއަރގެ ބްރޭންޑް އިފްތިތާޙުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކަށް ޚާއްޞަކޮށްގެން އަލަށް ވައިގެ ޚިދުމަތް ދޭންފަށާ މަންތާ އެއަރގެ ބްރޭންޑް އިފްތިތާޙްކޮށްދެއްވީ ދަރުބާރުގޭގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މަންތާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކުގެ ޚިދުމަތް ދޭންފަށާ ތިންވަނަ އެއަރލައިނެވެ.