ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް އޭޑީކޭގައި ކުރިއަށް ގެންގޮސްފި

ރާއްޖޭގެ އެންމެބޮޑު ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލުގައި ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއީ މިއަދު ފާހަގަކުރި ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާއި އެ ހޮސްޕިޓަލުގެ ފަރާތުން ހިލޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިޝްތިހާރު full width ad 1200 x 150

ހެލްތްސް ސްކްރީން ކުރުން ކުރިއަށް ގެންދިޔައީ ޑރ. ޕާންޑިއަން ވިންގ ގެ 2 ވަނަ ފަންގިފިލާގައި މިއަދު ހެނދުނު 10:00 ން ހަވީރު 16:00ގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގައި ލޭގެ ޕްރެޝަރާއި ލޭގައި ހަކުރު ހުރި މިންވަރު ބަލައިދިނުމާއި ބަރުދަން ހުރީ އިސްކޮޅާއި ގުޅޭ މިންވަރަށްތޯ ބަލައިދިނުމާއި ހަކުރު ބަލި ހުންނަ މީހުންނަށާއި އެ ބަލި ނުހުންނަ މީހުންނަށް ބައްޔާ މެދު ހޭލުންތެރި ކުރުވުމަށް މަޢުލޫމާތުު ފޯރުކޮށްދީފައިވެއެވެ.

ހަމަމިއާއެކު އޭޑީކޭ ފާމަސީތަކުން ހަކުރު ޗެކްކުރުމަށް ބޭނުންކުރާ އެކުއަރ ޗެކް ޕާރފޯމަރ/އެކުއަރ ޗެކް އެވިއަރ ޕްލަސް ސްޓްރިޕް އާއި އެކުއަރ ޗެކް އިންސްޓަންޓް/އެކުއަރ ޗެކް އިންސްޓަންޓް ސްޓްރިޕް އިންސްޓަން ޚާއްޞަ ޑިސްކައުންޓާއެކު ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވެއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ 14 ވަނަދުވަހެވެ.

އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ”ފެމިލީ އެންޑް ޑައިބިޓީސް“ ނުވަތަ ”ހަކުރުބައްޔާއި ޢާއިލާ“ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.