ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް މާދަމާ..

ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ މިއަހަރުގެ ހަރަކާތްތައް މާދަމާ އޮންނާނެއެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ މާދަމާ ހަވީރު 16:00 އިން އިރުއޮއްސި 18:00ގެ ނިޔަލަށް ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފެސްޓިވަލުގައި މި އަހަރު 4 އެންޖީއޯ އާއި 11 ސްކޫލެއް ވަނީ ބައިވެރިވެފައެވެ.

މިއީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެއްތަނަކުން އެ ހުރިހާ ކުދިންނަށް މަޖާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު އެފަދަ ކުދިންގެ ކޮންފިޑެންސް ލެވެލް އިތުރުކުރުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭ އިރު، ވަނަ ވަނައަށް އަންނަ ކުދިންނަށް މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

390 ކުދިން ބައިވެރިވާ މިއަހަރުގެ ފެސްޓިވަލުގައި ބެޓްން ރިލޭ، ދުވުން ފަދަ ކުޅިވަރުތައް ކުޅުމަށް ވަނީ ނިންމާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.