ތިބާގެ ލޯ ސަލާމަތުން ހުރިކަމައްޓަކައި ﷲ އަށް ޝުކުރުކުރިން ހެއްޔެވެ؟

އިމާރާތެއްގެ ސިޑިމަތީގައި އިށީނދެލައިގެން ކުޑަ ކުއްޖަކު އިނެވެ. އުނގުމަތީ ތޮފި ގަނޑެއް ވެސް އޮތެވެ. އެ ކުއްޖާ ހުރީ ބޯޑެއް ހިފައިގެންނެވެ. އޭގައި ލިޔެފައިވަނީ “އަހަންނަކީ ލޯ އަނދިރި މީހަކީމެވެ. އަހަންނަށް އެހީ ވެދެއްވާށެވެ” މިފަދައިންނެވެ. އެކުއްޖާ އުނގުމަތީ އޮތް ތޮފިގަނޑު ތެރޭގައި ކޮންމެވެސް ވަރަކަށް ފައިސާ ފޮތި ހުއްޓެވެ.

ފިރިހެނަކު ހިނގާފައި ދަމުން އެ ކުއްޖާކައިރީ މަޑު ޖެހިލިއެވެ. ޖީބުން ކޮންމެވެސް ވަރަކަށް ފައިސާ ފޮތި ނެގުމަށްފަހު އެކުއްޖާގެ ތޮފިގަނޑު ތެރެޔަށް އަޅާލިއެވެ. އަދި އެކުއްޖާ ހިފަހައްޓައިގެން ހުރި ބޯޑު އަތުލުމަށްފަހު ކޮންމެވެސް އެއްޗެއް ލިޔުމަށްފަހު އެކުއްޖާއާއި އޭތި ހަވާލުކޮށްފައި ހިނގައިގަތެވެ.
ގިނަ އިރުތަކެއްނުވެ ތޮފީގައި ހުރި ފައިސާ ގިނަވާން ފަށައިފިއެވެ. ދުވަހަކުވެސް އެކުއްޖާއަށް އެހީގެ އަތެއް ދިށްކޮށްނުލާހާ ގިނަމީހުން ލާރިއަޅަން ފެށިއެވެ. އެ ދުވަހު އެކުއްޖާގެ ބޯޑުގައި ލިޔެފަހުރި ލިޔުން ބަދަލުކުރިމީހާ ވާނުވާ ބެލުމަށް އެތަނައް ދިޔައެވެ. އެ މީހާގެ ފިޔަވަޅުގެ އަޑައް އެކުއްޖާޔައް ކާކުކަން އެނގުނެވެ. އަދި އަހާލިއެވެ.

އިޝްތިހާރު full width ad 1200 x 150

ލޯފަން ކުއްޖާ : ތީ އަހަރެންގެ ބޯޑު ބަދަލު ކުރި މީހާތަ؟ ކޯޗެއްތަ އެގަ ލިޔުނީ؟
ފިރިހެންމީހާ : އަހަރެން ލިޔުނީ ތެދު. އަހަރެންވެސް ލިޔުނީ ހަމަ އޭގައި ކުރިން ލިޔެފަ އޮތް އެތި އެހެންނަމަވެސް ތަފާތު ގޮތަކައް.
އެމީހާ އެ ބޯޑުގައި ލިޔުނީ ” މިއަދަކީ ވަރަށް ރީތި ދުވަހެކެވެ. އެހެންނަމަވެސް އަޅުގަނޑަކަށް ނުފެނެއެވެ ” މިފަދައިންނެވެ.

ފުރަތަމަ ލިޔުމާ ދެވަނަ ލިޔުމުން ބުނެދިން އެއްޗަކީ އެކައްޗެއްކަން ތިޔަ ކިޔުންތެރިޔާއައް ވިސްނޭ ހެއްޔެވެ؟

ހަމަގައިމުވެސް މި ދެ ލިޔުމުން ވެސް އެހެންމީހުންނަށް ބުނެދިނީ އެ ކުއްޖާއަކީ ލޯ އަނދިރި ކުއްޖެއް ކަމެވެ. ފުރަތަމަ ލިޔުމުން ވަރަށް އާދައިގެ ގޮތަކައް ބުނެދެނީ އެކުއްޖާ ލޯ އަނދިރިކަމެވެ. އެހެންނަމަވެސް ދެވަނަ ލިޔުމުން ބުނެދެނީ ލޮލުގެ ފެނުމުން މަޙުރޫމްނުވެ ތިބި މީހުންގެ ނަސީބު ރަނގަޅުކަމެވެ. އަދި އޭގެއިން ހަނދާން ކޮއްދެނީ އެއީ ވަރަށް ބޮޑު ނިޢުމަތެއް ކަމަށާއި އެ ނިޢުމަތް ދެއްވިފަރާތައް ޝުކުރު ކުރަން ޖެހޭކަމެވެ.

މާތް ﷲ سورةالمؤمنون ގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ.(وَهُوَالَّذِي أَنشَأَلَكُمُ السَّمْعَ وَالْأَبْصَارَ ‌وَالْأَفْئِدَةَ قَلِيلًا مَّا تَشْكُرُ‌ونَ) މާނައީ : “އެކަލާނގެއީ،ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވިރަސްކަލާނގެއެވެ. ތިޔަބައިމީހުން شكرކުރަނީ، ވަރަށްވެސް މަދުންނެވެ. “

ރިފެރެންސް: ދިސަލަފިއްޔާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.