އެމެރިކާގެ މިޑްޓާމް އިންތިޚާބަށް އިލޮން މަސްކް 276 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވޭ

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، އިލޮން މަސްކް، އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް ކަނާތު ފިޔައިގެ ކެންޑިޑޭޓުންގެ ކެމްޕޭންތަކަށް އެހީތެރިވުމަށް 276 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ނިއުޔޯކް ޓައިމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުން ފެށިގެން އޭނާ ހަދިޔާކުރި މި އަދަދާއެކު، ނޮވެމްބަރު 3 ގައި ބާއްވާ އިންތިޚާބަށް އެންމެ ގިނައިން ފައިސާ ހަދިޔާކުރި ފަރުދަކަށް މަސްކް ވަނީ ވެފަ އެވެ. މި އިންތިޚާބުގެ މުޅި ސައިކަލްގެ ތެރޭގައި އޭނާ ވަނީ ޖުމްލަ 366 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭނާގެ އެހީގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބިފައިވަނީ ރިޕަބްލިކަން ޕާޓީގެ ސެނެޓް ލީޑަޝިޕް ފަންޑަށެވެ.

އެއީ ކޮންގްރެސްގެ މަތީ މަޖިލީހުގެ ކޮންޓްރޯލް އެ ޕާޓީއަށް ދެމެހެއްޓުމަށްޓަކައި ދިން 158 މިލިއަން ޑޮލަރެވެ.

ސްޕޭސްއެކްސް އަދި ޓެސްލާގެ ވެރިޔާ އިލޮން މަސްކަކީ އެމެރިކާގެ އިންތިޚާބުތަކަށް ބޮޑެތި އަދަދުތަކުން ޚަރަދުކުރާ ފަރާތެކެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ހޯއްދެވުމަށް އެހީވުމުގެ ގޮތުން 290 މިލިއަން ޑޮލަރު އޭނާ ޚަރަދުކުރި އެވެ.

ޓްރަމްޕްގެ ވެރިކަމުގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އުފެއްދި ”ޑިޕާޓްމަންޓް އޮފް ގަވަރްމަންޓް އެފިޝަންސީ“ ބެލެހެއްޓުމަށް މަސްކް ހުވައިކޮށް، މަދު މަސްތަކެއް ވަންދެން ވައިޓް ހައުސްގައި މަސައްކަތް ކުރި އެވެ.

ނަމަވެސް، ރައީސްއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ސަބަބުން އޭނާ ވަނީ އެ މަގާމުން ވަކިވެފަ އެވެ.

އޭގެ ފަހުން ދެބޭފުޅުންގެ ގުޅުން އަލުން ރަނގަޅުވެފައިވާއިރު، މިދިޔަ ހަފުތާގައި ވޮޝިންގޓަން ޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރަމްޕް ވަނީ މަސްކަށް ”ނޭޝަނަލް މެޑަލް އޮފް ސައިންސް“ އަރުވާފަ އެވެ.

އެމެރިކާގެ ޤާނޫނުތައް ބުނާގޮތުން އިންތިޚާބުތަކުގައި ވަކިވަކި ފަރުދުންނަށް ކެންޑިޑޭޓުންނަށް ސީދާ ދެވޭނީ ގިނަވެގެން 3،300 ޑޮލަރެވެ.

ނަމަވެސް، ކެމްޕޭން ފައިނޭންސް ނިޒާމުގައި ހުރި ލޯވަޅުތަކުގެ ބޭނުން ހިފައި، ”ޕޮލިޓިކަލް އެކްޝަން ކޮމިޓީ“ ނުވަތަ ”ޕެކް“ ތަކުގެ މެދުވެރިކޮށް ބޮޑެތި މަހުޖަނުންނަށް ބޭނުންވަރަކަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އޮވެ އެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަސްކް ވަނީ އޭނާ އަމިއްލައަށް އުފައްދާފައިވާ ”އެމެރިކާ ޕެކް“ އަށް މި ހޫނު މޫސުމުގައި 76 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ހަދިޔާކުރި އެހީތަކުގެ ތެރޭގައި ރިޕަބްލިކަން ކޮންގްރެޝަނަލް ލީޑަޝިޕް ފަންޑަށް 20 މިލިއަން ޑޮލަރު، ރިޕަބްލިކަން ގަވަރުނަރުންގެ އެސޯސިއޭޝަނަށް 10 މިލިއަން ޑޮލަރު، ލޯން ސްޓާ ލިބަޓީ ޕެކަށް 10 މިލިއަން ޑޮލަރު، އަދި ރިޕަބްލިކަން އެޓަރނީ ޖެނެރަލްސް އެސޯސިއޭޝަނަށް 2 މިލިއަން ޑޮލަރު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.