ޔޫރޯޕާ ލީގު މެޗުން އިސްރާއީލު ސަޕޯޓަރުން ބޭންކޮށްފި

ޔޫރޯޕާ ލީގުގައި ނެދަލޭންޑްސްގެ އޭޒެޑް އަލްކްމާރްއާ ދެކޮޅަށް އިސްރާއީލުގެ ހަޕޮއެލް ބޭރު ޝެވާ ކުޅޭ މެޗަށް އެ ކްލަބުގެ ސަޕޯޓަރުން ވަނުން މަނާކުރި ނިންމުން ބަދަލުކުރުމަށް، އިސްރާއީލުގެ ފޮރިން މިނިސްޓްރީން ނެދަލޭންޑްސްގެ ކަމާބެހޭ ފަރާތްތަކަށް ބާރުއަޅަމުން އެބަދެ އެވެ.

މި މަނާކުރުން ތަންފީޒުކޮށްފައިވަނީ އަލްކްމާރްގެ މުނިސިޕަލް އިދާރާތަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ފަރާތްތަކުން ވަނީ ކުރިއަށް އޮތް މެޗަކީ ސަލާމަތީގޮތުން ވަރަށް ނުރައްކާތެރި މެޗެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އަލްކްމާރްގެ މޭޔަރާއި، ފުލުހުން އަދި ޕްރޮސިކިއުޓަރުގެ އޮފީހުން ހާމަކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ މެޗާ ދިމާކޮށް މުޒާހަރާތައް ހިނގައި، ޒިޔާރަތްކުރާ ސަޕޯޓަރުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައިފާނެ ކަމުގެ ބިރު އޮތުމުންނެވެ.

މި މައްސަލައާ ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ވަނީ ނެދަލޭންޑްސްގެ ފޮރިން މިނިސްޓަރު ޓޮމް ބެރެންޑްސަންއާ ވާހަކަދައްކަވާފަ އެވެ. އިސްރާއީލުގެ ފޮރިން މިނިސްޓްރީ އާއި ދަ ހޭގްގައި ހުންނަ އެ ޤައުމުގެ އެމްބަސީން ވަނީ ނެދަލޭންޑްސްގެ ސަރުކާރާއި އަލްކްމާރް މުނިސިޕަލްޓީއާ މަޝްވަރާކޮށް، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްފަހު ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ނެދަލޭންޑްސްގެ ސަލާމަތީ އިދާރާތަކުން ބަލާފައިވަނީ ހަމައެކަނި ދަނޑުގެ ސަލާމަތީ ކަންކަމަކަށް ނޫނެވެ.

އޭގެ ބަދަލުގައި ސަޕޯޓަރުން އެ ގައުމުގައި މަޑުކުރާނެ މުއްދަތާއި، ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުގެ އިތުރުން އިއުލާންކޮށްފައިވާ މުޒާހަރާތަކަށްވެސް ވަނީ ރިއާޔަތްކޮށްފަ އެވެ.

މި ނިންމުމުގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމްސްޓަޑަމްގައި އަޔަކްސް އާއި މަކާބީ ތެލް އަވީވް ބައްދަލުކުރި ޔޫރޯޕާ ލީގު މެޗުގައި އިސްރާއީލު ސަޕޯޓަރުންނާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަށްވެސް ރިއާޔަތްކޮށްފައިވެ އެވެ.

އިސްރާއީލު ގެ ފޮރިން މިނިސްޓްރީން ބުނީ، މެޗު ފެށުމުގެ ކުރިން ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ ގޮތް ހެދުމަށާއި އެމީހުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ނެދަލޭންޑްސް ސަރުކާރާއި އަލްކްމާރްގެ މޭޔަރާއެކު ހާރިޖީ ފެންވަރުގައި ކުރާ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.