އެކި ޝައިޚުން އެކި ގޮތަށް…! ހަދާނީ ކިހިނެއް؟

ދީނީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ދީނީ ޢިލްމުވެރިން (ޝައިޚުން) އެކި ގޮތަށް ބަޔާންކޮށްދެއްވާ ވާހަކަ އަކީ މިހާރަކަށް އައިސް ޢާންމުގެ މެދުގައި ވަރަށް ބާރަށް ދެކެވޭ ވާހަކައެކެވެ. އަދި މިކަމުގެ ކަންބޮޑުވުންވެސް އިންތިހާއަށް އޮތް ކަމެކެވެ. މިފަދަ ޙާލަތަކަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގޮސްފައިވާކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ ޕީސް ފައުންޑޭޝަނުން ސޯޝަލް މީޑީއާގައި ޢާއްމުކުރި ޕޯސްޓަކުންނެވެ.

ގަޑިއެއްހާއިރު ތެރޭގައި އެތައް ބަޔަކު ޝެއަރ ކުރި ޕޯސްޓަކުންނެވެ.

އިޝްތިހާރު Below Header ad

އެ ޕޯސްޓްގައިވަނީ ” އެކި ޝައިޚުން ބުނަނީ އެކި ގޮތަށް..! ދެމީހަކު އެކައްޗެއް ނުކިޔާ” މިހެނެވެ.

މިކަމާ ގުޅިގެން އެޓޮލް ނިއުސް އިން ކުރި ދިރާސާއިން ހާމަ ވެގެން ދިޔައީ އަޅުގަނޑުމެންގެ ތެރޭގައި  ދީނީ ޢިލްމު އުނގެނެން ވަރަށް ގިނަބަޔަކު މަސައްކަތް ކޮށްފައިވީނަމަވެސް، ޙައްލު ނުލިބޭ ކަމަށް ޢާންމުންނަށް ވިސްނޭ ނުވަތަ ކަންބޮޑުވާ މައްސަލައެއް އޮތް ކަމެވެ. އެއީ މައްސަލަތަކުގައި ޝެއިޚުންގެ މެދުގައި ޚިލާފު އުފެދުމުގެ ސަބަބަބުން އާދައިގެ މީހާއަށް ހަދަންވީ ގޮތް އޮޅޭ މައްސަލައެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ގިނަ އޮޅުންތަކެއް އަރާކަމާއި މިކަމުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި ބައެއް ފަހަރު މައްސަލަ އުފެދޭގޮތް ވާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ.

މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ ޕީސްފައުންޑޭޝަނާއި މުސްލިމުންގެ ގުޅުން، ގުޅިގެން ބޭވުމަށް ހަމަޖެހިފައިވާ އައްޝައިޚް ޢަލީޒާހިރު ބިން ސަޢީދު ޤާސިމުގެ ދަރުސް އަޑުއެހުމަށެވެ. އެއީ މިދެކެވޭ ވާހަކަ ތަކަށް ޙައްލެއް އެ ދަރުހުން ލިބިގެން ދާނެކަމުގެ އުންމީދުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.