އާންމު އުނދަގޫ ކުރުން

ތިމާފަދަ އެހެން މީޙުންނަށް ދުއްތުރާކޮށް ޢާއްމު އުނދަގޫ ކުރުމަކީ މިއަދު އަޅުގަނޑުމެންގެ މި މުޖުތަމައުގައި އާންމުކަމަކަށް މިވަނީ ވެފައެވެ. މީހަކަށް ނުވަތަ ބަޔަކަށް އުނދަގޫވާގޮތަށް ކަންތައްތައް ކުރުމުން ލިބޭ ހިއްހަމަޖެހުމުގެ ބަދަލު އެކަމުން ތިމާއަށް ލިބޭ ގެއްލުން އެތަކެއް ގުނައަށް ބޮޑުވާނެކަން ޔަގީނެވެ.

ބުނާ ބަހެއްގެ ސަބަބުން ނުވަތަ ކުރާ ކަމެއްގެ ސަބަބުން އަނެކާއަށް އުދަގޫވުން ނުވަތަ ހިތުތެރޭގައި ބިރުވެރިކަން އުފެދުމުގެ ސަބަބުން އެހެން މީހުންނަށްވާ އުނދަގުލާ ދުއްތުރާ ތަކަކީ ޢާއްމު އުނދަގޫ ކުރުމެވެ.

އިޝްތިހާރު Below Header ad

ޢާއްމު އުނދަގޫ ކުރުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ގިނައިން ހިނގާ ކަންކަމެވެ. އެހެންމީހުންގެ އިޙްސާސް ތަކަށާއި ކަންކަމަށް ބެލުމެއްނެތި އުނދަގޫވާނެފަދަ ތަފާތު ކަންކަން ކުރުމާއި މީހުންގެ ހިތުތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ކުރާކަންތައްތަކަކީ އޭގެ ސަބަބުން ޢާއްމު އުނދަގޫތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

މުޖުތަމަޢުގައި ހިނގާ މިފަދަ އެހެން މައްސަލަތަކަށް ބަލާއިރު އަވައްޓެރިންނަށް އުނދަގޫވާގޮތަށް ތަފާތު ކަންތައްތައް ކުރުމާއި، ހިނގާބިނގާވެ އުޅޭ މީހުނަށް އުނދަގޫކުރުމާއި މަގުހިނގާ ބައެއް މީހުންނާ މައްލަވަކުރުމާއި، ފުރައްސާރަ ކުރުމާއި ހިނގާފައިދާ މީހުންގެގައިގާ ޖެހިގަތުންފަދަ ކަންކަމަކީވެސް ޢާއްމު އުނދަގުލުގެ ގޮތުގައި އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ކަންކަމެވެ. މީގެ އިތުރުންވެސް އެހެންމީހުނަށް އުނދަގޫވާގޮތަށް ބާރަށް ވާހަކަދެއްކުމާއި ހަޑިހުތުރުބަހުން ދޭދޭ މީހުން މުޢާމަލާތު ކުރުންހިމެނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އަންނަނިވި ބައެއް ކަންކަމަކީ ޢާއްމު އުނދަގޫ ކުރުން ކަމުގައި ނުވެއެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި މީހުންގެ ގަޔަށްބޮލަށް އަރައި ފޮށި، ފުރައްސާރަކޮށް މަލާމާތް ކުރުމާއި މީހުންގެ ގަޔަށް އަތްލުމާއި، މީހުނަށް ބިރުދެއްކުމާއި، މީހުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ. މިއިން ކޮންމެ ކަމަކީވެސް ޢާއްމު އިޖްތިމާޢީ މައްސަލަ އެއްގެ އިތުރުން ޖިނާޢީ މައްސަލަ ހިމެނޭ ކަންތައްތަކެއްވެސް މެއެވެ. އެހެންނަމަވެސް މިއަދުގެ ބައެއް ޒުވާނުންނާއި މުޖުތަމައުގެ ގިނަބަޔަކު ދެކޭގޮތުގައި އެއީ އެމީހުނަށް ލިބިފައިވާ މިނިވަންކަމެކެވެ.

އެހެން ނަމަވެސް މިއީ މިނިވަންކަމޭ ނުބުނެވޭނެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން އަނެކާއަށް ނުވަތަ އެހެންފަރާތްތަކަށް އުނދަގޫ ނުވާ ގޮތަކަށް ކަންތައް ކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގައިވެސް ބާރުއަޅުއްވާފައިވާ ގޮތެވެ. މިފަދަ މައްސަލަތަކުގައި އިޖްތިމާއީ، މަދަނީ އަދި ޖިނާއީ މައްސަލަތަކެއް އެކުލެވިފައިވާ މައްސަލަތަކަކަށް ވީހިނދު މައްސަލަ ބަލަންޖެހޭ ފަރާތްތަކުން މައްސަލަ ތަޙްޤީޤް ކޮށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅުއެޅުމުން އެކަމުގެ ދެރަ އާއި ހިތާމަތަކެއް ކުރިމަތި ވުމުން އެކަމުގެ އިޙްސާސްވެދެއެވެ.

އަޅުގަނޑުމެންނީ ސައްތައިން ސައްތަ މުސްލިމުންނަށްވެފައި އެކުވެރިކަމާ އެއްބައިވަންތަ ކަމާއެކު އުޅެމުން އަންނަ ބަޔަކަށް ވީއިރު، އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ހަޑިމުޑުދާރު އަދި ނޭދެވޭ ދަށުދަރަޖައިގެ ކަންކަން އިޞްލާޙްކޮށް މިފަދަ ކަންތައްތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން މިއަދު އޮތީ ޖެހިފައެވެ. މިކަން ކުރަންވީ އެހެންމީހުންގެ ހައްޤުތަކާއި މުޖުމަތަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.